ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް ކުރިމަތިލެއްވި 14 ބޭފުޅުންގެ ނަންފުޅު ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅުއްވައިފި އެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ފަސް މެންބަރުންގެ މަގާމަށް ކުރިމަތިލާން ހުށަހެޅި މުއްދަތުގައި ކުރިމަތިލި، ބޭފުޅުންގެ ނަންތައް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ރައީސް ވަނީ ހުށަހަޅުއްވާފައެވެ.

  1. ސިފްޒާ އަބްދުލްގައްޔޫމް، ގަސްދޮށުގެ، ގއ.ނިލަންދޫ
  2. އަހުމަދު ޔާމީން، ބީޗް ކޯނާ، ގދ.ގައްދޫ
  3. އައިޝަތު އިޝާ، ހުޅުމާލެ
  4. އުސާމާ މޫސާ، ޗަމަން، ށ.ކޮމަންޑޫ
  5. އަމީން ޒާހިރު، ނީލާ، ސ.ހިތަދޫ
  6. ހަސަން ނާސިހު އަހުމަދު، މާވަހި، ސ. ހިތަދޫ
  7. އިބްރާހީމް އަފީފް، ގުލްބަހާރުގެ، ބ.ތުޅާދޫ
  8. ހަސަން ޒުހައިރު މުހައްމަދު، ގ. މާވާރުލު
  9. ޝައުފާ އިބްރާހީމް، އަކިރިވިލާ، ދ. މީދޫ
  10. މުހައްމަދު ވަހީދު އަލީ، ދަފްތަރު ނަމްބަރު، ރސ. 0495
  11. މުހައްމަދު އިމްތިޝާލް އަހުމަދު، މއ. މަލުވިލާ އުތުރުބައި
  12. އައިމިނަތު ޝާދިޔާ، މ.ޕިސްތާގެ
  13. އިބްރާހީމް ޝަރީފް، ގ.އަލިޝާ
  14. މުހައްމަދު އަބާން އިބްރާހީމް. ގ. އަންމޯލް

ރައީސްގެ ސިޓީގައި ވަނީ ޓްރައިބިއުނަލްއަށް އައްޔަނުކުރާނެ ފަސް ބޭފުޅުންގެ ނަން ކަނޑައަޅައިދެއްވުމަށް އެދިވަޑައިގެންފައެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ އެ ބޭފުޅުންގެ ނަންތައް ދިރާސާކުރުމަށް ޖުޑިޝަރީ ކޮމިޓީއަށް ފޮނުއްވާފައެވެ.

މީގެ އިތުރުން ރައީސް ވަނީ ދެ ގައުމަކަށް ނޮން ރެޒިޑެންޓު ސަފީރުންގެ އައްޔަންކުރުމަށް ނަންތައް ފޮނުއްވާފައެވެ. ޖޯޑަންއާއި ފަލަސްތީނަށް ރާއްޖެއިން ކަނޑައަޅާ ނޮން ރެޒިޑެންޓު ސަފީރުކަމަށް އައްޔަންކުރުމަށް ފޮނުއްވާފައިވާ ނަންތަކަކީ

  1. ޖޯޑަންގެ ނޮން ރެޒިޑެންޓު ސަފީރު ކަމަށް ޑރ. ހާލާ ހަމީދު
  2. ފަލަސްތީނުގެ ނޮން ރެޒިޑެންޓު ސަފީރު ކަމަށް ޑރ. އިބްރާހީމް ޒުހުރީ

އެ މައްސަލަ ދިރާސާކުރުމަށް އަބްދުއްރަހީމް ވަނީ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުއްވާފައެވެ.