ހާއްސަ އެހީއަށް ބޭނުންވާ 40 ފަރާތަކަށް މޯލްޑިވްސް ޕޯޓްސް ލިމިޑެޓް (އެމްޕީއެލް) އިން ވަޒީފާ ދީފިއެވެ.
މިއަދު ހެނދުނު މީރުމާގައި ބޭއްވި ރަސްމިއްޔާތެއްގައ،ި އެ ފަރާތްތަކަށް ވަޒީފާ ލިބުނުކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، އެކަމަނާ ވިދާޅުވީ ނުކުޅެދުންތެރި ކަން ހުންނަ ފަރާތްތަކަށް ދައުލަތުގެ ވަޒީފާ ލިބޭނެ ފުރުސަތު ފަހިވެގެން ދިޔުމަކީ އިންސާނީ ކަރާމާތަށް އިސްކަންދިނުމުގެ މަތިވެރި ނިންމުމެއް ކަމަށެވެ.
"ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުގެ ވަޒީފާ ލިބޭނެ ފުރުސަތު ފަހިވެގެން ދިއުމަކ،ީ އިންސާނީ ކަރާމާތަށް އިސްކަން ދެއްވުމުގެ ވަރަށް މަތިވެރިކަމެއ.ް އަދި އެފަދަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމުން ދޭހަވަނީ ހުރިހާ ދިވެހިންނަކ،ީ ހަމަހަމަ ބައެއްކަން އަދި އެކަން އަމަލީ ގޮތުން ސާބިތުކޮށްދިނުމުގެ ވަރަށް ފުރިހަމަ މިސާލެއް ކަމަށް" އެކަމަނާ ވިދާޅުވިއެވެ.
އެމްޕީއެލްއިން ވަޒީފާދިން 40 ފަރާތުގެ ތެރޭގައ،ި ކުޅުދުއްފުށި ޕޯޓާއި ހިތަދޫ ޕޯޓްގެ ވަޒީފާތަކަށް ހަމަޖެއްސި ފަރާތްތައްވެސް ހިމެނެއެވެ. މާލޭގައި ވަޒީފާ އަދާކުރުމުގެ ފުރުސަތު ޖުމްލަ 35 ފަރާތަކަށް ވަނީ ހަމަޖައްސައިދީފައެވެ. މި ފަރާތްތަކަށް ވަޒީފާ ދީފައިވަނީ ހާއްސައެހީއަށް ބޭނުންވާ ފަރާތްތަކަށް ވަޒީދާ ދިނުމަށް އެމްޕީއެލްއިން ތައާރަފްކޮށްފައިވާ ފަހި ޕްރޮގްރާމްގެ ދަށުންނެވެ.
ދައުލަތުގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެމްޕީއެލްއަކީ މި ވައުދުފުޅު ފުއްދުމަށް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް އިން ކުރަމުންދާ މަސައްކަތުގެ ތެރެއިނ،ް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ހަމަޖައްސައިދިން ދައުލަތުގެ ފުރަތަމަ ކުންފުނިކަން ފާހަގަކޮށްލެވެއެވެ.
