ސަރުކާރު ކުންފުނިތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، ވިޔަފާރި އުސޫލުން ހިންގާ ސަރުކާރުގެ ތަންތަނުގެ އެކްސްޓާނަލް އޮޑިޓްގެ ރިޕޯޓް ލިބުމުން މަސައްކަތު ހަތް ދުވަސް ތެރޭގައި އެ އޮޑިޓްގެ ލަފައާ ގުޅިގެން އަމަލީ ގޮތުން ގެނެސްފައިވާ ބަދަލުތައް އަންގައިދޭ ކަރުދާސް ފުރިހަމަކޮށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އަށް ހުށަހަޅަން އަންގައިފިއެވެ.

ޕީސީބީ އިން ބުނީ، ކޮންމެ ހާއްސަ އޮޑިޓް ރިޕޯޓަކަށް ވަކި ކަރުދާހެއް ކުންފުނިން ތައްޔާރުކޮށް އަމަލީ ސިފަ ގެނެވޭ މިންވަރު ބަލަހައްޓަން ވާނެ ކަަމަށެވެ. އަދި އަމަލީ ސިފަ ގެނެސްފައިވާ މިންވަރު އަންގައިދިނުމަށްޓަކައި ކޮންމެ އޮޑިޓް ކޮމިޓީގެ ޖަލްސާއަކަަށް ތައްޔާރުކޮށް އަޕްޑޭޓް ކުރަމުންދާ ކަުދާސް ވެސް ހިއްސާ ކުރަން ވާނެ ކަމަށެވެ. މި ކަރުދާސް ހުށަހަޅަަން ވާނީ އޮޑިޓް ރިޕޯޓެއް އެ ކުންފުންޏަކަށް ލިބޭތާ މަސައްކަތު 7 ދުވަސް ތެރޭގައި ކަމަށް ވެސް ޕީސީބީ އިން ބުނެއެވެ.

އޮޑިޓް ކޮމިޓީގެ ޖަލްސާއަށް ބޭނުންވާ ނޮން-އެކްޒެކެޓިވް މެންބަރުންގެ އަދަދު ހަމަނުވެގެން ޖަލްސާ ނުބޭއްވޭ ހާލަތެއް ދިމާވެއްޖެ ނަމަ އޮޑިޓްގެ ލަފާއާ ގުޅިގެން އަމަލީ ގޮތުން ގެނެސްފައިވާ ބަދަލުތައް އަންގައިދޭ ކަރުދާސް ކުންފުނީގެ ބޮޑާށް ހުށަހަލާން ވާނެ ކަމަށް ޕީސީބީ އިން ބުނެއެވެ. އަދި އެ ކަރުދާހާ ގުޅިގެން ބޯޑުގައި އިތުރަށް މަޗްވަރާ ކުރަން ބޭނުންވާ ނަމް ބޯޑުގެ ޗެއާމަންއަށް އެކަން އަންގައި ބޯޑުގެ ޖަލްސާއަކަށް މިކަން އެޖެންޑާ ކުރަން ވާނެ ކަމަށް ޕީސީބީ އިން ބުނެއެވެ.

މީގެ އިތުރުން ރައްޔިތުން މަޖިލީހާއި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގެ އިތުރުން ކުންފުނިޣެ މައި ހިއްސާދާރު އަދި ޕީސީބީ އިން އޮޑިޓްގެ ލަފާއާ ގުޅިގެން އަމަލީ ގޮތުން ގެނެސްފައިވާ ބަދަލުތައް އަންގައިދޭ ކަރުދާހަށް އެދިއްޖެ ނަމަ ކުނފުނިޣެ ސިއްކައާއެކު އެ ލިޔުން މސައްކަތު 5 ދުވަހުގެ ތެރޭގައި އެދުނު ފަރާތަކަށް ފޮރުކޮށް ދޭނެ ޖެެހޭނެ ކަމަށް ޕީސީބީން ބުނެއެވެ. އަދި ޕީސީބީޏް އެދިއްޖެ ނަމަ އެ ކަރުދާހުގެ ވޮޑް ފައިލް ވެސް ހިއްސާ ކުރަން ވާނެ ކަމަށް ބުނެފައި ވެއެވެ.