ފުލުހުންގެ ގޭންގް ކްރައިމް ސަޕްރެޝަން ޑިޕާޓްމަންޓުން ރައްކާތެރިކަން ކަށަވަރުކުރަން 2 ދުވަސްތެރޭ ތެރޭގައި މާލޭގެ 501 ސަރަހައްދެއް ބަލާފާސްކޮށްފިއެވެ.
ފުލުހުން ބުނީ މާލޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުންގެ ގޭންގް ކްރައިމް ސަޕްރެޝަން ޑިޕާޓްމަންޓުން މިމަހުގެ 13 އަދި 14 ވަނަ ދުވަހު 501 ސަރަހައްދެއް ބަލާފާސްކޮށްފައިވާކަމަށެވެ.
އެގޮތުން، މި ދެދުވަސްތެރޭ 129 އިންޓަރެކްޝަން ހަދާފައިވާކަމަށްވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.
މީގެ އިތުރުން މި މަސައްކަތުގެ ތެރެއިން، 10 އުޅަނދެއް ޗެކް ކޮށް 4 އުޅަނދެއް ޓޯވްކޮށްފައިވާކަމަށް ފުލުހުންވަނީ ބުނެފައެވެ. އަދި މާލޭގެ އެކި ސަރަހައްދުތަކުގައި 840 މިނިޓުގެ ފުޓްޕެޓްރޯލް ކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވ.
މާލެ ސަރަހައްދުގެ އަމާންކަން ގައިމުކުރުމަށް ފުލުހުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު ގޭންގު ކުށްތައް ހިމެނޭހެން އިންތިޒާމްވެގެން ހިންގާ ބޮޑެތި ކުށްތަކާއި ނުރައްކާތެރި ކުށްތައް ހުއްޓުވުމަށް އެފަދަ ކުށްތަކަށް އަދަބު ކަނޑައެޅުމާއި އެފަދަ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ތަންފީޒީ އިދާރާތަކަށް ބާރު ލިބެ ގާނޫނެއް ވަނީ ފާސްކޮށްފައެވެ. އަދި މި ގާނޫނަށް މިއަހަރުގެ އޮގަސްޓަމުހުން ފެށިގެން އަމަލުކުރަން ވަނީ ފަށާފައެވެ.
