ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރުކަމަށް ޑރ. ޢާއިޝަތު ރަމީލާ އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

އެޗްއާރްސީއެމްގެ ރައީސްކަމުގައި ހުންނެވި މަރްޔަމް މުނާގެ މެންބަރުކަމުގެ މުއްދަތު ނޮވެމްބަރު 30 ވަނަ ދުވަހު ހަމަވާއިރު އެ މަގާމަށް ކުރިމަތިލާން އާއްމުކޮށް ހުޅުވާލުމުން ކުރިމަތި ލެއްވި ބޭފުޅުުންގެ ތެެރެއިން، މަޖިލީހުގެ ރުހުން ހޯއްދަވަން ރައީސް ފޮނުއްވީ ރަމީލާގެ ނަން އެކަންޏެވެ.

ރަމީލާ އެޗްއާރުސީއެމަށް އައްޔަންކުރަން ފާސްވީ 63 މެންބަރުންގެ އަގުލަބިއްޔަތުންނެވެ.

މި ސަރުކާރުގެ ފުރަތަމަ، އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރުކަން ކުރެއްވި ރަމީލާ އެ މަގާމުން އިސްތިއުފާދެއްވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދެވުމަށް މިދިޔަ އަހަރު ޑިސެމްބަރު މަހުގައެވެ.

އެޗްއާރުސީއެމްގައި 5 މެންބަރުންގެ ތިއްބަވާއިރު، ކޮމިޝަނުގައި މިހާރު ތިއްބަވަނީ ރައީސް މަރިޔަމް މުނާގެ އިތުރަށް ނައިބު ރައީސް މުހައްމަދު ޝަފީގް މަހްމޫދު، މެންބަރު ސަމާއު އަހުމަދު ނަޖީބު އަދި އިސްމާއިލް ހަބީބް ގެ އިތުރުން އަހްމަދު މަގްސޫމެވެ.