މިމަހުގެ 27 ވަނަ ދުވަހު ފަތިހު އެއާޕޯޓުން، ބޭންކް އޮފް މޯލްޑިވްސްގެ ސޫޓްކޭހެއް ފޭރިގަނެގެން ފިލި މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުންގެ ވަނަވަރު ފުލުހުން ހާމަކޮށްފިއެވެެ.
މޫނު ނިވާކޮށްގެން ތިބި ބަޔަކު، ޓާމިނަލަށް ވަންނަން ދިޔަ އެބޭންކުގެ ދެ މުވައްޒަފެއްގެ އަތުން، ފައިސާ ހުރި ސޫޓް ކޭސްއެެއް ފޭރިގަތް މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ އެރޭ ފަތިހު 4:45 ހާއިރެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ:-
- މާޒިން މޫސާ (25އ)، ރޭޝަމް، ލ.މާވަށް،
- އަހްމަދު ރައިހާން ނައީމް (20އ)، މ. ކޯރަސް، މާލެ،
- އިބްރާހީމް އަނޫފް (24އ)، އަޅިވިލާގެ، ކ.ގުރައިދޫ،
- ހުސައިން ޝަހުދު (30އ)، އަޅިވިލާގެ / ކ.ގުރައިދޫ،
ފުލުހުން ބުނީ އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 5 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލައިގެ ތަހުގީގު ކުރިއަށް ދިޔަ މިންވަރަކުން މީޑިއާއަށް ހާމަކުރެއްވުންހުރި މައުލޫމާތު ހާމަ ކުރަމުން ގެންދާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި މައްސަަލައިގައި ގެއްލުނު ފައިސާ ހޯދިފައިވާކަން ނުވަތަ ނޫންކަންވެސް ފުލުހުން ހާމަކޮށްފައިނުވާއިރު، މި މައްސަލަ އާއި ގުޅިގެން ފުލުހުން ދަނީ ކ.ހުރާގައި ހާއްސަ އޮޕަރޭޝަނެއް ހިންގަމުންނެވެ.
