ނޭޕާލް އަންހެނަކު ގެއްލިގެން ރިޕޯޓުކުރުމާއެކު އެ މީހާ ހޯދަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
ގެއްލިގެން ހޯދަމުންދަނީ ނޭޕާލް ރައްޔިތެއްކަމަށްވާ އުމުރުން 19 އަހަރުގެ ޕޫރްނީމާ ގަޖްމާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ ޕޫރްނީމާ ގަޖްމާ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަންގާރަ ދުވަހުގެ މެންދުރު 2:00 ހާއިރު ކަމަށެވެ. އަންގާރަ ދުވަހުގެ މެންދުރުން ފެށިގެން އޭނާ ދިޔަ ތަނެއް ނޭނގި ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައި ވަނީ އިއްޔެ އިރުއޮއްސި 6:56 ހާއިރު ކަމަށް ފުލުން ވަނީ މައުލޫމާތު ދީފައެވެ.
އޭނާ ގެއްލިގެން ރިޕޯޓްކުރުމާއެކު ކަމާ ގުޅުންހުރި އެންމެހާ ބަހާތަކަށް އެކަމުގެ މައުލޫމާތު ހިއްސާކޮށް، ހޯދުމަށް މިހަތާނަށް ކުރެވުނު މަސައްކަތުން އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް އަދި އުޅޭތަނެއް ހޯދިފައިނުވެއެވެ.
ވީމާ، ޕޫރްނީމާ ގަޖްމަރ އާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ލަސްނުކުރައްވައި، މާފަންނު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9660183 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެމެވެ.
