މި ފެށޭ ހަފްތާވެސް ކަނޑުތައް ގަދަވެ ވިއްސާރަވާނެ ކަމަށް މެޓް އޮފީހުން ބުނެފިއެވެ.

މި ހަފުތާގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ވިއްސާރަ ކުރާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ނެރުނު ސަމާލުގައި މި ހަފްތާގެ އާދިއްތަ ދުވަހުއެވެ. އަދި ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ވިއްސާރަ ކުރާނެ ކަމަށާއި އަންގާރަ ދުވަހުން ފެށިގެން ކަނޑުތައް އާދަޔާ ހިލާފަށް ގަދަވާނެ ކަމަށް މެޓް އޮފީހުން އޭރު ނެރުނު ސަމަލާުގައި ވެއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ނެރުނު ސަމާލުގައި ވަނީ މުޅި ރާއްޖެ އަށް މި ފެށޭ ހަފްތާ ވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައެވެ. އެގޮތުން ހުޅަނގު މޫސުމުގެ ބާރުގަދަވެ، ވައި ބާރުވުމާ އެކު، ކަނޑުތައް ގަދަވެ، ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ރާއްޖެއަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުނެއެވެ.

އެހެންކަމުން މާދަމާއިން ފެށިގެން އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ދަތުރުވެރިން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައި ވެއެވެ. އެ އޮފީހުން މޫސުން ލަފާކޮށްފައިވާ ގޮތަށް ބަލާއިރު:

  • ވައި ބާރުވެ، ވިލާގަނޑުގައި އިތުރަށް ގަދަވުން
  • އާންމުކޮށް ކަނޑުތައް ގަދަވެފައި ވިލާގަނޑުފައި އިތުރަށް ގަދަވުން
  • ވިއްސާރަކުރުމާ އެކު ގުގުރުން
  • ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައެރުން
މޫސުމާ ގުޅޭ ގޮތުން މެޓް އޮފީހުން މިއަދު ނެރުނު ސަމާލު

މޫސުން ގޯސްވެ ކަނޑުދަތުރުފަތުރު ކުރާ މީހުން ހާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުންނާއި ސިފައިން ވެސް ވަނީ އިރުޝާދު ދީފައެވެ. އެގޮތުން ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރެއް ފިޔަވައި އެހެން ދަތުރެއް ނުކުރުމަށާއި ކޮންމެހެން ދަތުރުކުރަންޖެހިއްޖެ ހާލަތެއްގައި ވެސް ދަތުރު ކުރާއިރު މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން ވެސް ރޭގަނޑު ދަތުރުނުކުރުމަށާއި، މޫސުން ތަންނުދޭ ނަމަ، މޫސުން ރަނގަޅު ވަންދެން ދަތުުރު ފަސްކުރުމުގެ އިތުރުން މޫސުމާ ބެހޭ ގައުމީ އިދާރާއިން ރީނދޫ ނުވަތަ އޮރެންޖު ސަމާލު ނެރެފައިވަނިކޮށް ދަތުރުނުކުރުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.