މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ރައްޔިތުން މަޖިލީހުން އައްޔަން ކުރާ މެންބަރުންނަށް ކުރިމަތިލީ 10 މީހުންގެ ނަން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް މިއަދު ފޮނުވައިފިއެވެ.

މިއަދު މަޖިލީހުން އެ ނަންތައް ކޮމިީއަށް ފޮނުވުމުގެ ކުރިން ވަނީ ތަޅުމުގައި އެ 10 ނަން އިއްވާފައެވެ.

މީޑިއާ ކޮމިޝަނަށް މަޖިލީހުން އައްޔަންކުރާ 3 މެންބަރުންނަށް ހުޅުވާލުމުން ކުރިމަތިލެއްވި ބޭފުޅުންގެ ތެރޭގައި ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ ރައީސާއި މޯލްޑިވްސް މީޑިއާ ކަައުންސިލްގެ ކުރީގެ ނައިބު ރައީސް ވަނީ ކުރިމަތިލައްވާފައެެވެ.

މީޑިއާ ކޮމިޝަނަށް ކުރިތިލެއްވި ބޭފުޅުން

  • ފާތުމަތު ފަހުމީ، ގދ. މަޑަވެލި، ސީނަރީ (އެމްއެމްސީގެ ކުރީގެ މެމްބަރު)
  • މުހައްމަދު ފަރުޝަތު، ހ. ޓޫހާޓްސް (މީޑިއާ ކައުންސިލްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަދި ސީއެސްސީގެ ކުރީގެ މެމްބަރު)
  • ޝަފާ ޝަފީގު، ދ.މީދޫ، ބިއްލޫރިވިލާ (ބްރޯޑްކޮމްގެ ކުރީގެ ރައީސް)
  • އާމިނަތު ސަރާހަތު އިއްޒަތު، ގ. ގޮފި (ބްރޯޑްކޮމްގެ ކުރީގެ މެމްބަރު)
  • އިބްރާހިމް މުހައްމަދު، ގ. ވިންޑް (އެމްއެމްސީގެ ކުރީގެ ނައިބު ރައީސް)
  • މޫސާ ރިލްވާން، މ. ހާވިލާ، (ބްރޯޑްކޮމްގެ ކުރީގެ މެމްބަރު)
  • ފާރިސް ތޯހާ، ހ. ސޯސަން (އެޗްއާރުސީއެމަށް ނަން ފޮނުވައި، މަޖިލީހުން ރުހުން ނުލިބުނު ބޭފުޅެއް)
  • ޝެހެނާޒް އަދުނާން، ދަފްތަރު ނަމްބަރު. ރ.ސ. 8580
  • މުހައްމަދު ޝާމިން، އއ. ތޮއްޑޫ، ފިނިވާގެ (ހައުސިން މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު)
  • ޝަފީގާ ނައީމް، ފ. ނިލަންދޫ، ބީޗް ސައިޑް

7 މެންބަރުންގެ މައްޗަށް އެކުލެވިގެންވާ މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ތެރެއިން ތިން މެންބަރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާއިރު، ބާކީ 4 މެންބަރުން ހޮވަނީ މީޑިއާތަކުގެ މެދުގައި ވޯޓުންނެވެ. މީޑިއާތަކުގެ ފަރާތުން ހަތަރު މެންބަރަކު މިހާރު ވަނީ ހޮވާފައެވެ. އެ މެމްބަރުން ހޮވުނީ، ކުރިމަތިލެއްވި ބޭފުޅުންގެ އަދަދު މަދުވުމުން އިންތިހާބަކާ ނުލައެވެ.

ބްރޯޑްކާސްޓަރުން ތަމްސީލުކުރާ މެންބަރުން

  • އަބްދުލްއަޒީޒް އިބްރާހީމް، މޫނިމާގެ، ށ. ފޭދޫ
  • ޒަމްއަތު އަހުމަދު ވަހީދު، މަލަ، ގދ. ތިނަދޫ

އެހެން މީޑިއާތައް ތަމްސީލުކުރާ މެންބަރުން

  • ސިމާހާ ނަސީމް، ވެލީގެ، ގދ. ރަތަފަންދޫ
  • ހުސައިން ސަގީފް، ހިސާން، ހދ. ވައިކަރަދޫ

މީޑިއާ ކޮމިޝަނަށް ކުރިމަތިލާން ހުޅުވާލި އިރު، އެ ގާނޫނު މަޖިލީހުން ފާސްކޮށް ތަސްދީގު ކުރީ ވެސް އެކަމާ ދެކޮޅަށް ނޫސްވެރިން އަޑުއުފުލަމުން ދަނިކޮށެވެ.