މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ހިއްސާދާރުންގެ ފައިސާއަށް އިހުމާލުވެފައިވާ މައްސަލައެއް ބަލަން ފަށައިފިއެވެ.

އެމްޓީސީސީއން ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުނީގެ ވޭތުވެދިޔަ އަހަރުތަކުގެ އޮޑިޓް ރިޕޯޓުތަކުގައި އެ ކުންފުނީގެ ހިއްސާދާރުންގެ ފައިސާއަށް އިހުމާލުވެފައި ވާކަން އެނގޭ ކަމަށެވެ.

އެ މައްސަލަ ތަހުގީގު ކުރުމަށް އެދިފައިވާނެ ކަމަށް އެމްޓީސީއިން ވަނީ ބުނެފައެވެ. އަދި އިހުމާލުވި ފަރާތްތަކުން އެ ފައިސާ ހިއްސާދާރުންނަށް ހޯދައިދިނުމަށް އެދިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.

އެ މައްސަލަ ތަހުގީގުކޮށް ޝަރީއަތުގެ ކުރިމައްޗަށް ގެންނަންޖެހޭ މީހުން ގެނައުމަށްޓަކައި، އެމްޓީސީސީގެ ފަރާތުން ފުރިހަމަ އެއްބާރުލުންދޭނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ވަނީ ދީފައެވެ.