ފަޅު ގެއެއްގައި ކުޑަކުއްޖަކަށް އަނިޔާކުރާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވާން ފަށައިފިއެވެ.
ދައުރުވަމުން އަންނަ ވީޑިއޯއިން ފެންނަ ގޮތުގައި ކުޑަކުއްޖަކު ފަޚު ގެއެއްގެ ތެރެއަށް ވެއްދުމަށްފަހު ދެން ތިބި ކުދިންތަކެއް އެކުއްޖާ ގައިގައި ޖަހައެވެ. އެގޮތުން އެއްކުއްޖަކު ގޮށް މުށުން ކުއްޖާގެ ބޮލުގައި ޖަހާ މަންޒަރު ފެންނައިރު، ގައިގައި ފައިން ޖަހާ މަންޒަރުވެސް ފެނެއެވެ
އަދި އެ ކުއްޖާ ބިންމައްޗަށް ވައްޓާލާ މަންޒަރުވެސް ފެނިގެންދެއެވެ.
މި ވީޑިއޯއާ ގުޅިގެން ފުލުހުން ބުނީ އަޕާ ނޯތު ޕޮލިސް ގައި ހިމެނޭ ރަށެއްގައި ކުޑަކުއްޖަކަށް ޖިސްމާނީ އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުން ދާކަން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އެއާއެކު ބަލަން ޖެހޭ ކަންކަން ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން އާއި ރަށު ޕޮލިސް ސްޓޭޝަން ގުޅިގެން ބަލަމުން ދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ވަނީ މި ވީޑިއޯގެ ސަބަބުން ކުއްޖާގެ ކަރާމަތަށް ބުރު އަރާ ކުއްޖާ އަލުން ރީ ވިކްޓިމައިޒް ވުމުގެ ފުރުސަތު ބޮޑުކަމުން މި ވީޑިއޯ އިތުރަށް ސޯޝަލް މީޑިއާގައި ދައުރުނުކުރުމަށް އެދިފައެވެ.
މި މައްސަލަ އާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައިނުވާއިރު، ކުއްޖާއަށް އަނިޔާ ކުރީ ކޮން އުމުރެއްގެ ކުދިންތަޖެއް ކަމެއްވެސް މިހާތަނަށް ަދި އިނގިފައެއް ނުވެއެވެ.
ފާހަގަކުރެވޭ ގޮތުގައި ރާއްޖޭގައި މިފަދަ ގަނާކުރުމާއި ކުޑަކުދިންނަށް އަނިޔާކުރުމުގެ މައްސަލަތައް ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. އެގޮތުން މިފަދަ ހާދިސާތައް މީގެ ކުރިންވެސް ހިނގާފައި އެބަ ހުއްޓެވެ.