ރާއްޖެ އެެތެރެކުން މަނާ ގިނަ އަދަދެއްގެ ތަކެތި ހޯދާ އެ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން ބުނީ، އެ ހިދުމަތުން މިއަދު ކުރިއަށް ގެންދާ ހާއްސަ އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން 03 ތަނެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ.

އަދި ބަލާ ފާސްކުރި ތަންތަނުން ރާއްޖެ އެެތެރެކުން މަނާ ގިނަ އަދަދެއްގެ ތަކެތި ހޯދާ އެ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

މީގެ އިތުރުން ވެސް އެތަކެތި ވިއްކުމަށްޓަކައި ސޯޝަލް މީޑިއާގެ އެކިއެކި މަންސަތަކުގައި ބޭނުންކުރާ ޗެނަލްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް މިމައްސަލައާ ގުޅުންހުރި 4 މީހަކު ވެސް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައާއި ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހިއްސާކޮށްފައި ނުވާއިރު އެ މީހުންނާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ހިއްސާ ކޮށްފައި ނުވެއެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ތަކެތީގެ ތަފްސީލެއް ވެސް އެ އިދާރާއިން ހާމަކޮށްފައި ނުވެއެވެ.