މާލެއިން ފުރައިގެން ދިއްދޫއަށް ދަތުރުކުރަމުންދަނިކޮށް ފަރަށް އެރި "މެގަ ހޯރަ" ބޯޓު ފުންކޮށްފިއެވެ.

61 މީހުންނާ އެކު ދަތުރުކުރި 98 ފޫޓްގެ އެ ބޯޓު ފަރަށް އަރާފައިވަނީ ރޭގެ ވަގުތެއްގައެވެ.

އެމްއެންޑީއެފްއިން ބުނީ ދިޔަވަރު ބޮޑުވުމުން، އެހެން ދެ އުޅަނދެއްގައި ކަފުޖަހައިގެން މެގަ ހޯރަ ބޯޓު ފުންކުރެވިފައި ވަނީ މިއަދު ހެނދުނު 9:35 ހާއިރުކަމަށެވެ.

އެ ބޯޓު ނ. ވަވަތިކުރޮޅިއަށް ފަރަށް އެރި ހާދިސާގައި އެއްވެސް މީހަކަށް އަދި ބޯޓަށް ވެސް ގެއްލުމެއް ލިބިފައިނުވާކަން އެމްއެންޑީއެފްއިން ވަނީ ފާހަގަކޮށްފައެވެ.

މެގަ ހޯރަ ބޯޓު ފުންކުރުމުގައި އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ ހާބާކްރާފްޓް ލޯންޗެއް ޑައިވަރުންނާއެކު ވަނީ ހަރަކާތްތެރިވެފައެވެ. އަދި ކޯސްޓްގާޑް ޝިޕް ޝަހީދު އަލީ ވެސް ވަނީ ހަރަކާތްތެރިވެފައެވެ.