މާލޭގައި ތޫނު އެއްޗަކުން ހަމަލާ ދީ ޒަހަމްކޮށްލި މީހަކަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.
މި މާރާމާރި ހިންގާފައި ވަނީ އިއްޔެ ފަތިހުގެ ވަގުތެއްގައި މާލޭގެ މަޖީދީމަގުގައެވެ.
ފުލުހުން ބުނީ، މަޖީދީ މަގުގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާ ދީ ޒަހަމް ކޮށްލާފައިވާ މައްސަލައިގެ ރިޕޯޓް ކޮށްފައި ވަނީ އިއްޔެ ފަތިހު 5:15 ގައި ކަމަށެވެ. ޒަހަމްވެފައި ވަނީ އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށް ފުލުހުން ބުނެއެވެ.
އެމީހާއަށް އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދާ ކަމަށް ފުލުހުން ބުނި ނަމަވެސް އެމީހާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި މިހާތަނަށް މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެެ.