ބީއެމްއެލް މާސްޓާކާޑުން ވިޔަފާރިކޮށްގެން އޮސްޓްރޭލިއަން އޯޕަން ފައިނަލް ބަލާލަން ދިއުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް އުރީދޫ އިން ފަށައިފިއެވެ.

އުރީދޫ އިން ބުނީ އަންނަ އަހަރުގެ ޖެނުއަރީ 30 އިން ފެބްރުއަރީ 6 ގެ ނިޔަލަށް އޮސްޓްރޭލިއާއަށް ދިއުމުގެ ފުރުސަތު ނަސީބުވެރި 1 ކަސްޓަމަރަކަށް ލިބިގެންދާނެ ކަމަށާއި، ނަސީބުވެރި ކަސްޓަމަރަށް އިތުރު މީހަކާ އެކު 4 ދުވަހުގެ އޮސްޓްރޭލިއާ ދަތުރު ލިބިގެންދާނެ ކަމަށެވެ.

އުރީދޫ އިން ބުނީ މި ޕްރޮމޯޝަންގައި ބައިވެރިވުމަށް ޕްރޮމޯޝަންގެ މުއްދަތުގައި ކާޑުން 10،000 ރުފިޔާގެ މުއާމަލާތެއް މަހަކު ކުރަން ޖެހޭނެ ކަމަށެވެ.

މި ޕްރޮމޯޝަން ކުރިއަށް ދާނީ ސެޕްޓެމްބަރު 1 އިން ފެށިގެން އޮކްޓޫބަރު 31ގެ ނިޔަލަށް ކަމަށްވެސް އުރީދޫ އިން ވަނީ ބުނެފައެވެ.

އުރީދޫ އިން ބުނީ މި ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތަށާއި، އެފަރާތުން ގެންދަން ބޭނުންވާ ފަރާތަކަށް އޮސްޓްރޭލިއާއަށް ދިއުމުގެ ދެކޮޅު ޓިކެޓާއި، ހުރުމާއި، ކެއުމުގެ އިތުރުން ފައިނަލް މެޗުތަކުގެ ޓިކެޓުވެސް ލިބިގެންދާނެ ކަމަށެވެ.

ފާހަގަކުރެވޭ ގޮތުގައި އުރީދޫ އިން އަންނަނީ އުރީދޫގެ ކަސްޓަމަރުންނަށް މިފަދަ ތަފާތު ޕްރޮމޯޝަންތައް ބާއްވަމުންނެވެ. އެގޮތުން އުރީދޫ އިން ވަނީ އުރީދޫގެ ލޯގޯ ހިމެނޭ ފޮޓޯއެއް ނަގައިގެން އިންސްޓެކްސް މިނީ40 ކެމެރާއެއް ހޯދުމުގެ ފުރުސަތު ލިބޭ ހާއްސަ ޕްރޮމޯޝަނެއްވެސް ނިމިދިޔަ އޮގަސްޓު މަހު ކުރިއަށް ގެންގޮސްފައެވެ.