ގައުމީ މާމަ ކާފަ ދުވަހުގެ މުނާސަބަތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.

ގައުމީ މާމަ ކާފަ ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސްގެ ޕޯސްޓުގައި ވިދާޅުވީ ލޯތްބާއި ކުލުނު އާއިލާތަކުގައި ދަމަހައްޓައި ދިނުމުގައި މާމައިންނާއި ކާފައިންނަކީ އިލާހީ ހެޔޮ ރަހްމަތެއް ކަމުގައެވެ. އަދި މި އުފާވެރި ދުވަހު އެމަނިކުފާނުގެ ހިތުގެ އިހްލާސްތެރި ހެޔޮ ދުއާތައް ވަނީ ދިވެހި ކޮންމެ މާމައަކާއި ކާފަޔަކާއެކުގައި ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ވެސް ވަނީ މިއަދުގެ މުނާސަބަތުގައި އެކްސްގައި ޕޯސްޓެއްކުރައްވާފައެވެ. އާއިލީ ގުޅުންތައް ދަމަހައްޓައި، ލޯތްބާއި އޯގާތެރިކަމުން ފުރިގެންވާ މުޖްތަމައެއް ބިނާކުރުމުގައި ކޮންމެ މާމައަކާއި ކާފައެއްގެ ދައުރު ނުހަނު ބޮޑުކަން އެކަމަނާ ވަނީ ފާހަގަކުރައްވާފައެެ. އަދި އެކަމަނާ ވެސް ވަނީ ހެޔޮ ދުއާތަކާއި ދުވަހުގެ ހެޔޮ އެދުންތައް ދިވެހި މާމައިންނާއި ކާފައިންނަށް ފޮނުއްވާފައެވެ.

ގައުމީ މާމަ، ކާފައިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ސެޕްޓެންބަރު މަހުގެ 1 ވަނަ ދުވަހެވެ. ގައުމީ މާމަ، ކާފައިންގެ ދުވަހެއް ކަނޑައަޅައި އެދުވަސް ފާހަގަކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ދޮށީ އުމުރުގެ މީހުން ގައުމަށާއި އެމީހުންގެ އާއިލާއަށް ކޮއްދޭ ހިދުމަތްތައް ފާހަގަކޮށް އެމީހުންގެ އަގު ވަޒަންކުރުމެވެ.