އެންއެޗް މޯލްޑިވްސް ކުޑަ ރަށް ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފްއިން ބުނީ އަލިފާން ރޯވެފައި ވަނީ އެ ރިސޯޓުގެ ވޯޓާ ވިލާއެއްގައި ކަމަށެވެ.
އެ ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްއަށް ލިބިފައިވަނީ މިއަދު ހެނދުނު 10:52 ހާއިރު ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.
ކުޑަރަށް ރިސޯޓުގެ ވޯޓާ ވިލާއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ފަޔާމަނުން ދަނީ އެ ރިސޯޓަށް ދިޔުމަށް ދަތުރުކުރަމުންނެވެ. ފަޔާމަނުން އެ ރިސޯޓަށް ދިޔުމަށް މާލެއިން ފުރާފައި ވަނީ 11:05 ހާއިރު ކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.
އެ ރިސޯޓުގެ ފަޔާމަނުންނާއި މުވައްޒަފުން ދަނީ އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުންނެވެ.