ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި އުމްރާއަށް ދިޔަ ދިވެހި އުުމްރާވެރިން ރާއްޖެ އައުމަށް ހަމަޖެހިފައި އޮތް މޯލްޑިވިއަންގެ ފްލައިޓަށް މައްސަލަ ޖެހި ނުފުރި ބޯޓުތެރޭގައި ޖިއްދާގައި ތާށި ވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މައްސަލަ ޖެހުނީ މޯލްޑިވިއަންގެ ފްލައިޓް ކިއު2-6360 އަށެވެ.

މިކަމާ ގުޅިގެން "ދަ ޕްރެސް" އަށް މައުލޫމާތު ދެމުން އުމްރާވެރިއަކު ބުނީ ފްލައިޓަށް އެރި މީހުން އޭގެ ތެރޭގައި ތިބޭތާ މިހާރު 4 ގަޑިއިރު ވެދާނެ ކަމަށެވެ.

އަދި ފްލައިޓުގައި އުމުރުން ދުވަސްވީ މީހުންގެ އިތުރުން ޑަޔަލިސިސް ހަދާ ޕޭޝަންޓުންވެސް ތިބި ކަމަށާއި، އެ ފަރާތްތަކުންވެސް ތިބީ އަދި ކާނެ އެއްޗެއްވެސް ނެތި ކަމަށެވެ.

ފްލައިޓު ތެރޭގައި އުމްރާވެރިން ތިބޭތާ ގަޑީރެއް ވަނީ --

"ފުރުމަށްޓަކައި މިއަދު ހެނދުނު 8:15 އެހާކަންހާއިރު އެއާޕޯޓަށް އައި ގޮތަށް ޖިއްދާގައި ތާށިވެފައި މި ތިބީ" އޭނާ ބުންޏެވެ.

'ދަ ޕްރެސް' އިން ބެލިބެލުމުން އެނގުނީ ބޯޓު ސްޓާޓް ނުވެގެން ސްއުދީގެ ޓެކްނިކަލް ޓީމުތައް ވެސް މިހާރު ހަރަކާތްތެރި ވަމުން ދާކަމަށެވެ.

މި ބޯޓަށް މައްސަލަ ޖެހި ނުފުރި ލަސްވެގެން ދިޔަ އިރު ހައްޖު ކޯޕަރޭޝަނުން އާންމުކޮށް މިކަން އިއުލާން ކޮށްފައެއް ނުވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މީގެކުރިންވެސް ފްލައިޓު ތަކަށް މައްސަލަ ޖެހި ޑިލޭތައް ވެފައި އެބަހުއްޓެވެ.