ކ. ގުރައިދޫއަށް ދަތުރުކުރި ޑިންގީއެއް ބަންޑުން ޖަހާލައި ކަނޑުވި ބަޔަކު ސަލާމަތްކޮށްފި އެވެ.

ރޭ ހިނގި މި ހާދިސާ އާއި ގުޅޭ ގޮތުން ފުލުހުން ބުނީ، ޒަމާނީ އައިލެންޑު ރިސޯޓުން ގުރައިދޫއަށް ދަތުރުކުރަމުން ދިޔަ ޑިންގީއެއް ބަންޑުން ޖަހާލައި އޭގެން ދަތުރު ކުރި 17 މީހަކު ސަލާމަތްކޮށްފައިވާ ކަަމަށެވެ.

އެއީ ހުސްވެސް ބިދޭސީން ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.

ޑިންގީ ބަންޑުން ޖަހާލުމުން އެއިން ދަތުރުކުރި ތިން މީހަކު ވަނީ ފަތާފައި އެ ރިސޯޓަށް އަރައިފަ އެވެ. ނަމަވެސް ބާކީ ތިބި މީހުން ސަލާމަތް ކުރީ ކަނޑުމަތިންނެވެ.

ހުޅަނގު މޫސުމުގެ ބާރުގަދަވެފައިވާ މި ދުވަސްވަރު ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ ކެނޑިނޭޅި އިރުޝާދު ދެމުންނެވެ.