އުރީދޫ މޯލްޑިވްސްއަށް 20 އަހަރު ފުރިގެން ގޮސްފައިވާ އިރު، މި ވޭތުވެ ދިޔަ 20 އަހަރު ތެރޭގައި އެތައް އާއިލާއަކަށް ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްދިނުމުގައި އުރީދޫގެ ބައިވެރިވުން ބޮޑެވެ. ގުދުރަތީ ގޮތުން ޖަޒީރާ ރަށްތަކެއް އެކުވެ އުފެދިފައިވާ މި ކުޑަ ދިވެހި ރާއްޖޭގައި އެތައް އަނބިންތަކެއް ފިރިމީހާއާ ދުރުގައި އެތައް ދުވަސްތަކެއް ހޭދަ ކުރަން ޖެހުނެވެ.
އާމްދަނީ ހޯދުމަށް ފިރިމީހާ އަނބި ދަރީންނާ ދުރަށް ދާން ޖެހުނު އެތައް އާއިލާއެއް ތިއްބެވެ. އެކަނިވެރިކަމާއި ފަޅުކަން އިހްސާސް ކުރަން ޖެހުނު ނަމަވެސް އާއިލާއާ އެކު އޮތް ގުޅުން ބަދަހިވެގެން ދިއުމަށް މުއާސަލާތީ ނިޒާމުން އުރީދޫ މެދުވެރިއަކަށް ވެ އެތައް އާއިލާއެއްގެ މޮޅިވެރިކަން އުފާވެރިކަމަށް ބަދަލުކޮށްލި އެއް ބައިވެރިއަކީ އެއީއެވެ.
އާއިލާއާ ދުރުގައި ތިބި މީހުންގެ ހާލު ބަލާލައި، އާއިލީ މެންބަރުންގެ އުފަލާ ކާމިޔާބީގެ ވަގުތުތައް ވެސް ހިއްސާކޮށްލައި ގުޅުން ބަދަހިކޮށްލަ ދިން ވަސީލަތަކީ އުރީދޫއޭ ބުނާނެ އެތައް އާއިލާއެއް އެބަ ތިއްބެވެ. އެއް ޒަމާނެއްގައި ހަމައެކަނި ފޯން ކޯލަކާއި ކޮށްލާ މެސެޖަކުން ދެމީހުންގެ ދެމެދުގައި މުއާމަލާތް ކުރި ކަމުގައި ވިޔަސް ޒަމާން ބަދަލުވެ، ޓެކްނޮލޮޖީއަށް އައިސްފައިވާ ބަދަލާއެކު މިހާރު ވީޑީއޯ ކޯލް ކޮށްލެވެއެވެ. އެކި ކަންކޮޅުތަކުގައި ތިބި އެތައް ބަޔަކަށް އެއް ފަހަރާ ގުޅާލައި ކޮންފެރެންސް ކޯލް ކޮށްލައި އެކުގައި އެންމެން ތިބި ކަމުގެ އިހްސާސް ކޮށްލަން މިއަދަކު އުނދަގުލެއް ނޫނެވެ.
ލިވް އަންލިމިޓެޑް ވިތު އުރީދޫ އާއެކު ރާއްޖޭގެ ކޮންމެ ތަނެއްގައި ހުރި ނަމަވެސް ތިމާގެ ލޯބިވާ މީހުންނާއި، ތިމާގެ ޝައުގުވެރިކަމާއި، އަދި ބޭރު ދުނިޔެއާ ގުޅިފައި ހުރުމުގެ ފުރުސަތުތައް ފަހިކޮށްދިނެވެ. އެންމެ މަގުބޫލު ޝޯތައް ސްޓްރީމް ކޮށް، ގޭމްކުޅެ، ކިޔެވުމާއި މަސައްކަތުގެ މާހައުލުގައި ކުރަން ޖެހޭ ކަންކަން ކުރުމަށް ލިމިޓަކާއި ނުލާ ކަނެކްޓިވިޓީ އުރީދޫއިން ފޯރުކޮށްދިނެވެ.
އުރީދޫ މޯލްޑިވްސް އިން 20 އަހަރުތެރޭ ދިން މި ހިދުމަތުގެ ހަނދާންތައް އެތައް ހިތްތަކެއްގައި ހަރުލާފައި ވާނެ ކަން ޔަގީނެވެ. ކޮންމެ ކޯލެއް، ކޮންމެ މެސެޖެއް ވެސް ހިތާ ގުޅިފައިވާ އެތައް ވާހަކަތަކެއް އުރީދޫއާ ގުޅިފައިވާނެ ކަމަކީ ޝައްކެއް ވެސް އޮތް ކަމެއް ނޫންނެވެ. ދިވެހިންގެ ހިތްތަކާ އެންމެ ގާތް ދިވެހިންގެ ލޯބި ލިބިފައިވާ އުރީދޫން ކެނޑިނޭޅި ދެމުން އައި ހިދުމަތަކީ ދިވެހިންގެ ހިތްތަކުގެ އަޑިން ޝުކުރު އަދާ ކުރާނެ ހިދުމަތެއް ކަން ޔަގީނެވެ.