ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު، ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކަ އެނބުރި ގައުމަށް ފުރާވަޑައިގެންފިއެވެ.
ސްރީލަންކާގެ ރައީސް އަނުރަ ކުމާރަ ޑިސަނަޔަކަ، ރާއްޖެއަށް ކުރައްވި މި ދަތުރުފުޅަކީ އެމަނިކުފާނު މަހާމާ ހަވާލުވެވަޑައިގަތުމަށްފަހު ރާއްޖެއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. މިއަދު ޑިސަނަކަޔަ އަނބުރާ ގައުމަށް ފުރާވަޑައިގެންފައިވާ އިރު އެމަނިކުފާނު ރާއްޖެއަށް ވަޑައިގެންފައި ވަނީ މި މަހުގެ 28 ވަނަ ދުވަހުއެވެ.
މި ދަތުރުފުޅުގައި ރައީސް މުއިއްޒާ އެކު ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ރަސްމީ މަޝްވަރާތަކެއް ކުރައްވައި ޖިނާއީ ކުށްތައް ހުއްޓުވުމަށް އެއްގައުމުން އަނެއް ގައުމަށް އެހީތެރިކަން ދިނުމުގެ މުއާހަދާއިގައި ވަނީ ސޮއިކޮށްފައެވެ. މި މުއާހަދާގެ ބޭނުމަކީ ދެގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން ދެމެހެއްޓުމާއެކެ، ޖިނާއީ ކުށްތައް ހުއްޓުވުމަށް ދެގައުމުގެ އެހީތެރިކަމާއި އެއްބާރުލުން އެއްގައުމުން އަނެއް ގައުމަށް ދިނުމެވެ. މި މުއާހަދާގެ ދަށުން، އެގައުމެއްގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިންނާއި މި މުއާހަދާގެ މާއްދާތަކާ އެއްގޮތްވާ ގޮތުގެ މަތިން، ދެވެން އޮތް އެންމެ ފުޅާ ދާއިރާއެއްގައި ޖިނާއީ މައްސަލަތަކުގައި އެހީތެރިކަން ދޭންޖެހެއެވެ.
ހަމައެއާއެކު ދިވެހިރާއްޖޭގެ "5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް" ގެ ދަށުން، ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކަ، ވަނީ ސަލްޓަން ޕާކުގައި މޫނިމާ ގަހެއް އިންދަވާފައެވެ. މި ހަރަކާތަކީ ދެ ގައުމުގެ އެކުވެރިކަމުގެ ބަދަހި ގުޅުމާއި ތިމާވެށި ހިމާޔަތް ކުރުމުގައި ދެ ގައުމު ހިއްސާކުރާ ޒިންމާގެ ރަމްޒެއްގެ ގޮތުގައި ކުރިއަށް ގެންގޮސްފައިވާ ހަރަކާތެކެވެ.
ދާދިފަހުން ދިވެހިރާއްޖެ އާއި ސްރީ ލަންކާއާ ދެމެދު ވަނީ ފްރީ އިކޮނޮމިކް ޒޯނެއް އަދި ފްރީ މޫވްމަންޓް ޒޯނެއް ގާއިމް ކުރުމުގެ މަސައްކަތް ވެސް ފަށާފައެވެ. ފްރީ އިކޮނޮމިކް ޒޯނުގެ ސަބަބުން ދެ ގައުމުގެ މެދުގައި އިމްޕޯޓް އަދި އެކްސްޕޯޓް ކުރާ މުދަލަށް ވަރަށް ބޮޑެތި ޓެކްސް ލުއިތަކެއް ލިބޭނެ އެވެ. ފްރީ މޫވްމަންޓް ޒޯނުގެ ސަބަބުން، ބޯޑާ ކޮންޓްރޯލަށް ލުއިތަކެއް ލިބި، އެއް ގައުމުން އަނެއް ގައުމަށް ދަތުރު ކުރުމުގައި ވެސް ލިބިގެންވާނެއެވެ.
ރާއްޖެ އާއި ލަންކާއާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރީ ޖުލައި 29، 1965 ގަ އެވެ.