ނ.މަނަދޫ ހޮސްޕިޓަލް އިމާރާތްކުރުމުާއި އެރަށުގެ ފިޓްނަސް އެންޑް ރެކްރިއޭޝަންސެންޓަރު އިމާރާތްކުރުމުގެ މަޝަރޫއުގެ އިތުރުން ނ. މާފަރު ޕޮލިސް ޕޯސްޓް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފަށައިފިއެވެ.
މި މަޝްރޫއުތައް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ. ނ. މަނަދޫ ހޮސްޕިޓަލް އިމާރާތްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުން އިފްތިތާހުކޮށްދެއްވީ ހެލްތް މިނިސްޓަރު އަބްދުالله ނާޒިމް އިބްރާހިމްއެވެ. އަދ،ި ނ. ނަމަދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު އިމާރާތްކުރުމުގެ މަޝަރޫއުގެ އަމަލީ މަސައްކަތް ފެށުންއިފަތިތާހުކޮށްދެއްވީ ސްޕޯޓް މިނިސްޓަރު އަބްދުالله ރާފިއުއެވެ.
އެމްޓީސީސީން ބުނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ރަށްރަށުގައި ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ ޒަރޫރީ ކަންކަމާ ގުޅުންހުރި ވަރަށްގިނަ މަޝްރޫއުތައް ނުފެށި ހުއްޓިފައިވާކަމަށެވެ. އަދި އެކަމުގެ ސަބަބުން ރައްޔިތުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ގެނައުމުގެ ގޮތުން ރައީސްގެ އިސްނެންގެވުމާއި ، ހާއްސަ އިރުޝާދުފުޅުގެ ދަށުން މިފަދަ ގިނަ މަޝްރޫއުތަކެއްގެ މަސައްކަތް ނިންމުމުށް އެމްޓީސީސީއާ ހަވާލުކޮށްފައިވާކަން އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.
މިގޮތުން 3،000 މީހުންގެ އާބާދީއެއް ދިރިއުޅޭ ނ. މަނަދޫ ރައްޔިތުންނަށް މިފެށިގެންދާ މަޝްރޫއުގެ މަސައްކަތް ފުރިހަމަކުރެވުމާ އެކު އުމްރާނީ ގޮތުންނާއި އިޖުތިމާއީ ގޮތުން ގިނަގުނަ މަންފާތަކަކާއި ފަސޭހަތަކެއް ލިބިގެންދާނެކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.
މީގެ އިތުރުން އެމްޓީސީސީން ބުނީ ނ.މާފަރު ޕޮލިސް ޕޯސްޓު އިމާރާތްކުރުމުގެ މަޝްރޫއުގެ ދަށު،ން 1 ފަންގިފިލާގެ އިމާރާތެއް ބިނާކުރެވޭއިރު ، ޕޮލިސް ޕޯސްޓެއްގައި ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ހުރިހާ ވަސީލަތެއް ގާއިމުކުރެވި ގެންދާނެކަމަށެވެ.