ރާއްޖޭގެ ހުރިހާ މިސްކިތްތަކެއްގައި ބަންގިއާއި ގަމަތާ ދެމެދު ހޭދަކުރާ ވަގުތުތައް އެއް މިނެއްގައި ހިފެހެއްޓުމަށް ނިންމައިފިއެވެ.
މިސްކިތްތަކާއި ބެހޭ ގައުމީ މަޖިލީހުގެ ލަފާއާއެކު ނިންމި މި ނިންމުން މިހާރު ވަނީ ކައުންސިލްތަކާ ވެސް ހިއްސާކޮށްފައެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މިގޮތަށް ކަނޑައަޅާފައި ވަނީ މާލެއާއި އަތޮޅުތަކުގެ މިސްކިތްތަކުގައި ބަންގިއާއި ގަމަތާ ދެމެދު އެއްމިނެއްގައި ހިފެހެއްޓުމަށެވެ.
އެގޮތުން ފަތިސް ނަމާދުގައި ބަންގިއާއި ގަމަތާ ދެމެދު 15 މިނެޓު، މެންދުރު ނަމާދާއި އަސުރު ނަމާދުގައި 12 މިނެޓު، މަޣްރިބް ނަމާދުގައި 8 މިނެޓު އަދި އިޝާ ނަމާދުގައި 10 މިނެޓުކަމަށް ވަނީ ކަނޑައަޅާފައެވެ.
ހަމަ އެހެންމެ މި ނިންމުމަކީ ބަންގިއާއި ގަމަތާ ދެމެދު މިހާރު ސުންނަތް ނަމާދު ކުރުމަށް ލިބޭ ވަގުތު ކުޑަވުމުގެ ސަބަބުން އާއްމުންގެ ޝަކުވާ މިނިސްޓްރީއަށް ލިބުމާ ގުޅިގެން އެކަމަށް ރިއާޔަތްކޮށްގެން ނިންމި ނިންމުމެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.