މެކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނިޝިއޭޓިވް (އެމްއެފްއެފްއެލްއައި) ގެ 7 ވަނަ ސަމިޓު ޝަރަފުވެރިކޮށްދެއްވުމަށް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، ޔުނައިޓަޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) ގެ ދުބާއީއަށް މިއަދު ފުރާވަޑައިގެންފިއެވެ.

މި ހިނގާ ޖޫންމަހުގެ 18 އިން 19 އަށް ކުރިއަށްދާ މި ސަމިޓުގެ އިފްތިތާހީ ސެޝަން އަދި ކޮމިޓީ ބައްދަލުވުމުގައި އެކަމަނާ ބައިވެރިވެވަޑައިގެން، ވާހަކަފުޅުދެއްކެވުމަށް ހަމަޖެހިފައިވާއިރު މި ބައްދަލުވުންތަކުގައި މަޝްވަރާތައް ބިނާކުރުމަށް ހަމަޖެހިފައިވަނީ، ދަރިމައިވުމުގެ ސިއްހަތާ ގުޅުންހުރި ތައައްސަބުތައް ނައްތާލުމަށެވެ. އަދި އަންހެންކުދީންނަށް ތަުލީމު ދިނުމަށް އެއްބާރުލުން ދިނުމާއި، އަންހެނުން ބާރުވެރިކުރުމާއި، ސިއްހީ ދާއިރާގެ މާހިރުން ލިބުމުގައި ހުރި ދަތިކަން ފޫބެއްދުމަށްޓަކައި، އެ ދާއިރާއިން ގާބިލުކަން އިތުރުކުރުމުގެ މައްޗަށް މި ސަމިޓުގައި ވާހަކަދެއްކުމަށް ވަނީ ހަމަޖެހިފައެވެ،

އެފްރިކާ އަދި އޭޝިޔާގެ ގައުމުތަކުގެ ފަސްޓް ލޭޑީން ބައިވެރިވެވަޑައިގަންނަވާ މި ސަމިޓުގައި، މިދިޔަ އަހަރު ޓެންޒޭނިޔާގައި ބޭއްވި މެކް ފައުންޑޭޝަން އެފްރިކާ އޭޝިއާ ލުމިނަރީ 2024 ގެ 11 ވަނަ އަހަރީ ކޮންފަރެންސަށް ފަހު ލިބިފައިވާ ކުރިއެރުންތަކާއި ކުރެވުނު މަސައްކަތްތައްވެސް، ސަމިޓުގެ ބައިވެރިން މުރާޖައާކުރާނެއެވެ.

މިދިޔަ އަހަރުގެ ލުމިނަރީގެ ކާމިޔާބު މަޝްވަރާތަކަށްފަހު ރައީސްގެ އަނބިކަނބަލުންނަށް ވަނީ، މެކް ފައުންޑޭޝަންގެ "މޯ ދެން އަ މަދަ" ޕްރޮގްރާމުގެ އެންބެސެޑަރުކަން ދެއްވާފައެވެ.

އެކަމަނާ ގެންދަވަނީ، ދަރިމައިވުމުގެ ސިއްޙަތާއި އެމްބްރިއޮލޮޖީގެ ދާއިރާއަށް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން، ޞިއްޙީ ދާއިރާގެ މާހިރުން ލިބުމުގައި ހުރި ދަތިކަން ފޫބެއްދުމަށްޓަކައި، އެ ދާއިރާއިން ޤާބިލުކަން އިތުރުކުރުމަށްޓަކައި މެރކް ފައުންޑޭޝަނާއެކު ވަރަށް ގާތުން މަސައްކަތްޕުޅު ކުރައްވަމުންނެވެ. މީގެ އިތުރުން، ހަކުރުބައްޔާއި ލޭމައްޗައް ދިއުމުން ރައްކާތެރިވުމާއި، ދަރިމައިވުމުގެ ސިއްޙަތާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށްވެސް، މެރކް ފައުންޑޭޝަނާއެކު އެކަމަނާ ގެންދަވަނީ މަސައްކަތްކުރައްވަމުންނެވެ.

ޝެއަރ: ފަހުގެ ލިޔުންތައް

މެރކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނިޝިއޭޓިވްގެ 7 ވަނަ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ޔޫ.އޭ.އީ އަށް ފުރާވަޑައިގެންފި17 ޖޫން 2025, ޚަބަރުއިޤްތިޞާދީގޮތުން ވަރުގަދަ އަދި ފުދުންތެރި ދައުލަތެއްގެ ގޮތުގައި ބިނާކޮށް، އާރާސްތުކުރުމުގައި ދިވެހި ކޮންމެ ރައްޔިތަކުވެސް ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އިލްތިމާސްކުރައްވައިފި17 ޖޫން 2025, ޚަބަރުއޮގަސްޓު މަހުގެ 30ވަނަ ދުވަހަކީ، ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަސް ކަމަށް ހަމަޖެއްސެވުން (ދެންނެވުން ނަންބަރު: 2025/9)15 ޖޫން 2025, ދެންނެވުންއޮގަސްޓު މަހުގެ 30ވަނަ ދުވަހަކީ، ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަސްކަމުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފި15 ޖޫން 2025, ޚަބަރުގާޑު15 ޖޫން 2025, ވަޒީފާގެ ފުރުޞަތު