މިދިޔަ އަހަރު ބީއެމްއެލްގެ ކާޑުތައް ބޭނުންކޮށްގެން 87 މިލިޔަނަށް ވުރެ ގިނަ މުއާމަލާތް ހިންގާފައިވާކަމަށް ބީއެމްއެލް އިން ބުނެފިއެވެ.
ބީއެމްއެލް އިން ބުނީ ފާއިތުވި 2024 ވަނަ އަހަރަކީ އެ ބޭންކަށް ވަރަށް ކާމިޔަބު އަހަރެއްކަމަށެެވެ. އަދި ދުވަހެއް ދުވަހަކަށް ކާޑު ބޭނުންކޮށްގެން ކުރާ މުއާމާލާތްތަކުގެ އަދަދުތައް އިތުރުވަމުން އަންކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.
ބީއެމްއެލްގެ ތަފާސް ހިސާބު ދައްކާ ގޮތުން މިދިޔަ އަހަރު އެ ކުންފުންޏަށް ލިބުނު އާމްދަނީ ވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރު ބީއެމްއެލް ކާޑުތަކުން 87 މިލިޔަނަށްވުރެ ގިނަ މުއާމަލާތުކޮށްފައިވާއިރު ރާއްޖެއިން ބޭރުގައި ކާޑުން ހިންގާފައިވާ މުއާމަލާތްތަކުގެ އަދަދު 9 މިލިޔަން ރުފިޔާއަށް އަރައެވެ.
- އޭޓީއެމް މެދުވެރިކޮށް 14 މިލިޔަން މުއާމަލާތް ހިންގާފައިވޭ
- ކާޑު މެޝިން މެދުވެރިކޮށް 55 މިލިޔަން މުއާމަލާތް ހިންގާފައިވޭ
މިދިޔަ އަހަރު އޮންލައިން ވިޔަފާރިކުރުމަށް ކާޑުން ހިންގާފައިވާ މުއާމަލާތްތަކުގެ އަދަދު 9 މިލިޔަނަށް އަރާކަން ފާހަގަކޮށް ބީއެމްއެލް އިން ބުނީ މިދިޔަ އަހަރަކީވެސް އޮންލައިންކޮށް ހިންގާފައިވާ މުއާމާލާތްތައް އިތުރު އަހަރެއް ކަމަށެވެ.
ބީއެމްއެލްއަށް މިދިޔަ އަހަރު ސާފު ފައިދާ ގޮތުގައި 2 ބިލިޔަން ރުފިޔާ ލިބިފައިވާއިރު މިއީ 2023 ވަނަ އަހަރާއި އަޅާބަލާއިރު 4 އިންސައްތައިގެ ކުރިއެރުމެކެވެ. ބީއެމްއެލް އިން މިދިޔަ އަހަރު އާންމު ފަރުދުންނާއި ވިޔަފާރިތަކަށް 5.2 ބިލިޔަން ރުފިޔާގެ ލޯނު ދޫކޮށްފައިވެއެވެ.