ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާ އާ ގުޅިގެން 2 ވަނަ ފަހަރަށް ރައުދު އަހްމަދު ޒިލާލް ހައްޔަރުކޮށް އޭނާގެ ބަންދަށް 5 ދުވަސް ޖަހައިފިއެވެ.

ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން އުމުރުން 21 އަހަރުގެ ރައުދު މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ. އަދި އިއްޔެ ހެނދުނު އޭނާ ބަންދުން ދޫކޮށްލުމަށްފަހު އަނެއްކާ ވަނީ ހައްޔަރުކޮށްފައެވެ.

ފުރަތަމަ ރައުދު ހައްޔަރުކޮށް އޭނާގެ ބަންދުގެ މުއްދަތު 4 ފަހަރެއްގެ މަތިން އިތުރުކޮށްފައިވެއވެެ. އެގޮތުން ރައުދުގެ ބަންދަށް ފުރަތަމަ ޖެހި 5 ދުވަހުގެ މުއްދަތު ހަމަވުމާއެކު އޭނާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އިތުރު 10 ދުވަހަށް ބަންދު ކުރުމަށްފަހު އެ މުއްދަތު ހަމަވުމުން ކޯޓުން ވަނީ އިތުރު 5 ދުވަހަށް އޭނާ ބަންދު ކުރުމަށް އަމުރުކޮށްފައެވެ.

އެ މުއްދަތު ވެސް ހަމަވުމާއެކު ރަައުދުގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ހާޒިރުކުރުމުން އޭނާ އިތުރު 20 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވަނީ މި މަހުގެ 15 ވަނަ ދުވަހުއެވެ. އަދި އިއްޔެ ރައުދު ބަންދުން ދޫކޮށްލާފައި ވަނީ އެ މުއްދަތު ހަމަނުވަނީހެވެ.

ރައުދު ބަންދު ކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފްކޮށް، އިއްޔެ މެންދުރުފަހަށް އަޑުއެހުމެއް ތާވަލްކޮށްފައި ރައުދު ދޫކޮށްލުމާއެކު އިސްތިއުނާފު ވަނީ ބާތިލްކޮށްފައެވެ.