ހުޅުމާލޭ ފޭސް 2 ގެ އެޗް 11 ސަރަހައްދުން ޕާކް ތެރޭގައި ތޫނުއެއްޗަކުން މީހަކަށް ހަމަލާދީ ޒަހަމް ކޮށްލައިފިއެވެ.
ފުލުހުން މީޑިއާތަކާއި ހިއްސާކުރި މެސެޖްގައި ބުނެފައިވަނީ މި ހާދިސާ ހިނގާފައިވަނީ ރޭ 23:51 ގައި ކަމަށެވެ. އަދި މި މާރާމާރީގައި ދެ މީހަކަށް އަނިޔާ ވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެގޮތުން މި މާރާމާރީގައި އެކެއްގެ ބޯ ފަޅައިގެން ގޮސްފައިވާއިރު ދެވަނަ މީހާގެ ބުރަކަށި އެކި ތަންތަނުން ދުޅަވެ ދެ އަތުގެ އުޅަނބޮށި މަށައިގެން ގޮސްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެެ. އަދި މީގެ އިތުރުން މި މާރާމާރީ ހިންގި 2 މީހުންގެ ފޯނު ފޭރިގަނެފައިވާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
މި ހާދިސާގައި އަނިޔާވި މީހުންނަށް ގެންގޮސްފައިވަނީ ހުޅުމާލެ ހޮސްޕިޓަލަށެވެ. ފުލުހުން މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނައިރު މި މާރަމާރީގެ ވީޑިއޯ ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ.
ތޫނުއެއްޗަކުން ހަމަލާދިނުމުން އަނިޔާވި މީހާ ބިންމައްޗަށް ވެއްޓިފައި އޮތް ވީޑިއޯއެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.