ނަސޯރާއިންގެ ބޮޑު ފާދިރީ، ޕޯޕަށް ވެވަޑައިގަންނަވަން ބޭނުންފުޅުވެގެން އަމިއްލަފުޅަށް ޕޯސްޓްކުރެއްވި އޭއައި އިމޭޖެއްގެ ސަބަބުން އެމެރިކާގެ ރައީސް ޑޮނާލްޑް ޓަރަމްޕަށް ފާޑުކިޔުން އަމާޒުވެއްޖެއެވެ.
ޕޯޕު ގޮތަށް ހެދުން އަޅުއްވައިގެން ޓްރަމްޕް އިންނަވާ މަންޒަރު އޭއައި ބޭނުންކޮށްގެން ކުރެހުމަށް ފަހު އާންމު ކޮށްފައި ވަނީ ވައިޓްހައުސްގެ ސޯޝަލްމީޑިއާ އެކައުންޓުގައެވެ.
ނަސޯރާއިންގެ ބޮޑު ޕޯޕު، މިމަހުގެ 21 ވަނަ ދުވަހު މަރުވުމުގެ ހިތާމަފާޅު ކުރުމުގައި ނަސޯރާއިން އުޅެމުންދާ މިދަނޅިވަޅުގައި ޓްރަމްޕް މި ކުރެއްވި ކަމެއްގެ ސަބަބުން އެމެރިކާގެ ނިއު ޔޯކްގެ ނަސޯރާ ފާދިރީން ވަނީ އެކަން ކުށްވެރިކޮށް އެއީ ނަސޯރާއިންނަށް ކުރި މަލާމާތެއްގެ ގޮތުގައި ސިފަ ކޮށްފައެވެ.
ބޮޑު ޕޯޕު މަރުވުމުން އާ ޕޯޕެއް ހޮވުމުގެ މަރުހަލާ ކުރިއަށް ދާ މި ދަނޑިވަޅުގައި ޓްރަމްޕް ވަނީ ޕޯޕަކަށް ވެވަޑައިގަންނަވަން އޭނާ ބޭނުންފުޅުވާ ކަމަށް މީގެ ކުރިން ވިދާޅުވެއެވެ.
ނަމަވެސް ޕޯޕު އިހުތިޔާރު ކުރަނީ، ދުނިޔޭގެ އެތަން މިތާނގައި ދިރިއުޅޭ ނަސޯރާއިންގެ ތެރެއިން ޕޯޕަކަށް ވާން ހުށަހަޅާ މީހުންގެ ތެރެއިން އިންޓަވިއުކޮށް ބަލަންޖެހޭ ގިނަ ބެލުންތަކެއް ބެލުމަށްފަހު އެވެ.