ކ. ގުޅީގެ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ތެރެއިން ބިން ހިއްކުމުގެ އަމަލީ މަސައްކަތުގެ 80 އިންސައްތަ ނިމިފައިވާކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.

އެމްޓީސީސީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ އޭޕްރީލް 4 ގައި ކަމަށާއި، 28 ދުވަސް ތެރޭ ބިން ހިއްކުމުގެ މަސައްކަތުގެ 80 އިންސައްތަ މަސައްކަތް ނިންމާލެވިފައިވާ ކަމަށެވެ. އެމްޓީސީސީ އިން ބުނީ އެ ކުންފުނީގެ އަމާޒަކީ މަޝްރޫއުގެ މަސައްކަތް ތާވަލުކޮށްފައިވާ ތާރީހަށްވުރެ ކުރިން ނިންމާ ހަވާލު ކުރުން ކަމަށާއި، މަޝްރޫއުގެ ބާކީ ހުރި މަސައްކަތްތައްވެސް މި ހަލުވިމިނުގައި ކުރިއަށް ގެންގޮސް ގުޅީގެ ރައްޔިތުންނަށް ވީއެންމެ އަވަހަކަށް އަލަށް އިތުރުކުރެވޭ ބިން ފޯރުކޮށްދިނުން ކަމަށެވެ.

މި މަސައްކަތާއި ގުޅިގެން އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައުދީ ވަނީ ގުޅީ ބިންހިއްކުމުގެ މަޝްރޫއު ގެ ދަށުން ހިއްކަންޖެހޭ 10 ހެކްޓަރުގެ 80 ޕަސެންޓް ނިމިފައިވާއިރު ބާކީ އޮތް ބައިވެސް ހަފުތާއެއްހާ ދުވަސް ތެރޭ ނިންމުމަކީ އަމާޒެއް ކަމުގައި ވިދާޅުވެފައެވެ.

ޝޯ ޕްރޮޓެކްޝަންއަށްވެސް ގާތްގަނޑަކަށް 22 ހާސް ޓަނުގެ ބޮޑުހިލަ އެބަ ބޭނުންވ.ޭ އެހެންވީމަ މިހާރު މިރަށުގައި މި މަސައްކަތް ކުރަމުންދާއިރު ފުރަތަމަ ޝިޕްމަންޓު 10 ހާސް ޓަނުގެ ރޮކް ބޯލްޑާސް މިހާރު ވަނީ ގެނެވިފައ.ި އަންލޯޑް ކުރުމުގެ މަސައްކަތް ކުރަމުން އެދަނ.ީ އަންލޯޑް ކޮށް ނިމުނީމަ ބޮޑުހިލަ ޖެއްސުމުގެ މަސައްކަތް ފެށިގެންދާނ
އެމްޑީ ސައުދީ

އެމްޓީސީސީ އިން ބުނީ 1015 މީހުންގެ އާބާދީއެއް އޮންނަ ގުޅިއަކީ ވަރަށް ރީތި ހިތްގައިމު ރަށެއް ކަމަށާއި، ނަމަވެސް ގުޅިއަކީ ބިމުގެ ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ދިމާވެފައިވާ ރަށެއް ކަމަށެވެ. އެއާއެކު އެމްޓީސީސީ އިން ވަނީ މި މަޝްރޫގެ ދަށުން ބިން ހިއްކުމުގެ މަސައްކަތް ފެށުމާއެކު ރައްޔިތުންގެ ހުވަފެންތަކުގައި ކުލަޖެހިގެންދާނެ ކަމަށާއި، މަޝްރޫއު ނިމުމާއެކު ރަށުގެ ރައްޔިތުންގެ އޮތް ބޯހިޔާވަހިކަމާއި އިގްތިސޯދު ފުޅާކުރުމަށް އޮތް ދަތިކަމަށް ބޮޑުތަނުން ހައްލު ލިބިގެންދާނެ ކަމަށެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން ބިން ހިއްކުމުން 10.15 ހެކްޓަރުގެ ބިމެއް އެ ރަށަށް އިތުރުވާނެ ކަމަށެވެ. އަދި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ ދަށުން 10,962 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމަންޓާއި 362 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓެއްގެ އިތުރުން 88 މީޓަރުގެ ގްރޮއިންސް ޖެހުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. މި މަޝްރޫއުއަކީ 89.63 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ފަތުރުވެރިކަމުގެ ދާއިރާގައިވެސް ކުރި އަރަމުން އަންނަ ގުޅީގައި އެންމެ ފަހުން ބިން ދޫކޮށްފައިވަނީ 2003 ވަނަ 13 ގޯއްޗެވެ. ގުޅީގައި ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ ގިނަ އަދަދެއްގެ ރައްޔިތުންތަކެއް ތިބި ކަމަށް އެ ރަށު ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.