ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހެއްގެ މައްޗަށް ކުށްސާބިތުވެ، 54 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައިގައި މި އެޕްރީލް މަހުގެ 21 ވަނަ ދުވަހު ހުކުމްކޮށްފައިވަނީ 51 އަހަރުގެ ފިރިހެނެއްގެ މައްޗަށެވެ.
މި މައްސަލައާ ގުޅިގެން އޭނާ ހައްޔަރުކޮށްފައިވަނީ ސެޕްޓެމްބަރު 3، 2022 ވަނަ ދުވަހުގެ ރޭ ހުޅުމާލެ ފޭސް 2 އިންނެވެ. މި މައްސަލައިގެ ފުލުހުންގެ ތަހުގީގު ނިންމަައި ދައުވާކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ އޮކްޓޫބަރު 18، 2022 ވަނަ ދުވަހުއެވެ.
ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ އިތުބާރުކުރެވޭ މަގާމެއްގައި ހުރެ، ކުޑަ އަންހެން ކުއްޖަކާމެދު އެކި ދުވަސްމަތިން ގަދަކަމުން ޖިންސީ އަމަލު ހިންގުމުގެ އިތުރުން އޭނާގެ ޖިންސީ ގުނަވަނުގައި ކުއްޖާ ލައްވައި ގަދަކަމުން އަތްލުވައި ޖިންސީ އަމަލު ހިންގި މައްސަލައާ ގުޅިގެންކަމަށެވެ.
އޭނާ ބަންދުގައި ތިން އަހަރު ހުރުމުން، އިތުރަށް ތަންޒީފުކުރަން ޖެހެނީ 51 އަހަރުގެ ޖަލު ހުކުމެކެވެ.