ކ. ގުޅި ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔާތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ކުރިއަށް އެބަދެއެވެ.
ކ. ގުޅި ބިންހިއްކުމުގެ އަމަލީ މަސައްކަތް އެމްޓީސީީން ފަށާފައިވަނީ 13 އޭޕްރީލް 2023 ވަނަ ދުވަހުއެވެ. މި މަޝްރޫއުގެ މަސައްކަތް ފެށުމަށް ސައިޓުތައް މޮބިލައިޒް ކޮށްފައިވަނީ ވެސް ހަމަ އެމަހުއެވެ.
މި މަޝްރޫއު އާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރަމުން އެ މަސައްކަތް ކުރިއަށް ގެންދާ އެމްޓީސީސީން ބުނީ، އެ މަޝްރޫއުގެ 40 ޕަސެންޓު މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން ކ. ގުޅިގައި 10 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެއެވެ.
އަދި ހިއްކާ ބިމުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގޮތުން 940 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓާއި، 362 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓާއި އަދި 88 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިން ޖެހުމަށް ވެސް ހަމަޖެހިފައިވެއެވެ.
މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 89،634،790.08 (އަށްޑިހަ ނުވަމިލިއަން ހަލައްކަ ތިރީސް ހަތަރުހާސް ހަތްސަތޭކަ ނުވަދިހަ ރުފިޔާ އަށް ލާރި) އަށެވެ. މި މަސައްކަތް 450 ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ.