މޯލްޑިވިއަންގެ 25 ވަަނަ އަހަރީ ދުވަހުގެ ގުޅުވައިގެން ހާއްސަ ގިވްއަވޭއެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މޯލްޑިވިއަން އިން ބުނީ އެ ކުންފުނީގެ 25 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ފަސް އިނާމެއް ދިނުމަށް ނިންމާފައިވާކަމަށެވެ. މި ގިވްއަވޭގެ ނަސީބުވެރި ފަރާތްތަކަށް ދިނުމަށް ހަމަޖެހިފައިވާ އިނާމުތަކުގެ ތެރޭގައި

  • ވަނަ އިނާމް - ޗައިނާ ޝަންހާއީގެ ޑިޒްނީ ލޭންޑަށް ދިއުމުގެ ފުރުސަތު
  • ވަނަ އިނާމް - ޗައިނާއަށް ރިޓާން ޓިކެޓް
  • ވަނަ އިނާމް - މެލޭޝިޔާއަށް ރިޓާން ޓިކެޓް(މި މަހުގެ 27 ދުވަހު ނޫނީ 10 ވަނަ ދުވަހު)
  • ވަނަ އިނާމް - އިންޑިއާއަށް ރިޓާން ޓިކެޓް (ކޮޗިން ނުވަތަ ޓްރެވެންޑްރަމްއަށް)
  • ވަނަ އިނާމް - ރާއްޖޭގެ އެތެރޭގެ ބޭނުން އެއް މަންޒިލަކަށް ރިޓާން ޓިކެޓް

މޯލްޑިވިއަން އިން ބުނީ މި ގިވްއަވޭގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 14 އިން ފެށިގެން 25 އާއި ދެމެދު އެ އެއާލައިންއިން ދަތުރުކުރާ ފަރާތްތަކަށް ލިބިގެންދާނެކަމަށެވެ.

ފޭސްބުކް އިންސްޓަގްރާމް އަދި އެކްސް މެދުވެރިކޮށް ކުރިއަށް ދާ މި ގިވްއަވޭގައި ބައިވެރިވުމަށް ބޯޑިން ފާހުގެ ތާރީހު ފެންނަގޮތަށް، ކްރިއޭޓިވް ފޮޓޯއެއް ނެގުމަށް ފަހު "މޯލްޑިވިއަން25އިޔާސް" ހޭޝްޓެގް ޖަހަންޖެހެއެވެ. އަދި މޯލްޑިވިއަންގެ ޕޭޖް ފޮލޯކޮށް، ފޮޓޯގައި މޯލްޑިވިއަން ޓެގްކޮށް ޕޯސްޓް ކުރަން ޖެހޭނެއެެވެ.