މިރޭ ދާދި ދެންމެއަކު ހުޅުމާލޭގައި އެކްސިޑެންޓެއް ހިންގައި ދެ މީހަކަށް އަނިޔާ ވެއްޖެއެވެ.
ފުލުހުން ބުނީ، މި އެކްސިޑެންޓް ހިނގާފައި ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މުނި ހޯމްކެއާ މިސްކިތް ކައިރީގައި ކަމަށެވެ. އެ ސަރަހައްދުން ދުއްވާފައި ދިޔަ ދެ ސައިކަލެއް ޖެހި އެކްސިޑެންޓް ހިނގާފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި އެކްސިޑެންޓްގައި ސައިކަލު ދުއްވަން ތިބި ދެމީހުންނަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލަށް ފަރުވާ ދިނުމަށް ވަނީ ގެންގޮސްފައެވެ. އެ ދެމީހުންނަކީ ވެސް ދެ ފިރިހެނުންނެވެ.
މި އެކްސިޑެންޓްގެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.