ބޭންކް އޮފް މޯލްޑިވްސްގެ "ރަން ފުރުސަތު" ރޯދަ ޕްރޮމޯޝަނާ އެސްޓީއޯ ޖެނެރަލް ޓްރޭޑިން އިން ގުޅިއްޖެއެވެ.

ބީއެމްއެލް އިން ބުނި ރޯދައަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދާ މި ޕްރޮމޯޝަނުގައި އެސްޓީއޯގެ ފިހާރަތަކުން ބީއެމްއެލް ކާޑުން ވިޔަވާރި ކޮށްގެން ގިނަ އިނާމުތަކެއް ހޯދުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

ފެބުރުއާރީ 23 އިން ފެށިގެން 28 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާ މި ޕްރޮމޯޝަނުގެ ފުރަތަމަ ހަފްތާ ނިމޭއިރު، ބީއެމްއެލް ކާޑުން އެސްޓީއޯއިން އިން ވިޔަފާރި ކޮށްގެން ދެ ފަރާތަކަށް 5،000 ރުފިޔާގެ އެސްޓީއޯ ގިފްޓް ވައުޗާއެއް ލިބޭނެކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ. އަދި މާޗް 1 އިން ފެށިގެން އޭޕްރީލް 7 ގެ ނިޔަލަށް އެސްޓީއޯއިން އިން ވިޔަފާރި ކޮށްގެން، ކޮންމެ ދުވަހަކު 2،000 ރުފިޔާގެ ބީއެމްއެލް ގިފްޓް ކާޑެއް ހޯދުމުގެ ފުރުސަތުވެސް ލިބޭނެކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

ބީއެމްއެލް އިން ބުނީ 300 ރުފިޔާއަށްވުރެ މަތިން ކުރާ ކޮންމެ ވިޔަފާރިއަކަށް މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ ކަމަށެވެ.