ބީއެމްއެލް އިސްލާމިކް އިން މާލޭގެ 4 މިސްކިތެއްގެ ވަށާފާރުގައި ކުލަލުމުގެ ހަރަކާތެއް ބާއްވައިފިއެވެ.

ބީއެމްއެލް އިން ބުނީ މިއީ، ރޯދަ މަހަށް ތައްޔާރުވުމަށް މާލޭ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައިވާ މިސްކިތްތައް ޒީނަތްތެރިކުރުމުގެ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށެވެ. އިއްޔެ ކުރިއަށް ދިޔަ މި ހަރާކާތުގައި ބީއެމްއެލްގެ 100 އެއްހާ މުވައްޒަފުން ބައިވެރިވެފައިވާއިރު ބީއެމްއެލްއިން ބުނީ މި ހަރަކާތުގެ ތެރެއިން މާލޭގެ 4 މިސްކިތެއްގެ ވަށާފާރުގައި ކުލަލުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާއިކަމަށެވެ.

ބީއެމްއެލް އިސްލާމިކް އިން ކުލަލާފައި ވަނީ؛

  • މާލޭ ހުކުރު މިސްކިތް
  • ދަރުމަވަންތަ ރަސްގެފާނު މިސްކިތް
  • މަސްޖިދުލް ސުލްތާނުލް އާދިލް

ބީއެމްއެލްއަކީ މުޖުތަމައުގައި ހިންގާ މިފަދަ ހަރަކާތްތަކުގައި ބައިވެރިވެ އެހީ ފޯރުކޮށްދެމުން އަންނަ ބޭންކެއްކަން ފާހަގަކޮށްލެވެއެވެ. އަދި ބީއެމްއެލްގެ މުވައްޒަފުން އިސްނަގައިގެން ދޭތެރެ ދޭތެރެއިން މިފަދަ އިޖުތިމާއީ ހަރަކާތްތައް ހިންގަމުން އަންނައިރު މިދިޔަ އަހަރުވެސްމާލޭގެ މިސްކިތްތަކުގައި ކުލަލުމާއި، މާލޭގެ އެކި ސަރަހައްދުތައް ސާފުކުރުމުގެ ހަރަކާތްތައް ވަނީ ހިންގާފައެވެ.