ތިން ގައުމަކަށް ނޮން-ރެޒިޑެންޓް ސަފީރުން އައްޔަން ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވައިފިއެވެ.

މިގޮތުން އެ މަގާމުތަކަށް އައްޔަން ކުރުމަށް ރައީސް ފޮނުއްވި ނަންތަކާއި މަގާމުތަކަކީ:

  • ބަންގްލަދޭޝްގެ ސަފީރު ޝިއުނީން ރަޝީދު ބޫޓާންގެ ނޮން-ރެޒިޑެންޓް ސަފީރުކަމަށް
  • ސައުދީ އަރަބިއްޔާގެ ސަފީރު އަހްމަދު ސަރީރު ކުވައިތުގެ ނޮން-ރެޒިޑެންޓް ސަފީރުކަމަށް
  • އދ. ގެ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު ސްވިޒަލޭންޑްގެ ނޮން-ރެޒިޑެންޓް ސަފީރުކަމަށް

އަދި އޯއައިސީގެ ދާއިމީ މަންދޫބުގެ މަގާމަށް ސަރީރު އައްޔަންކުރެއްވުމަށް ވެސް ރައީސް ފޮނުއްވާފައިވެއެވެ.

މި ބޭފުޅުންގެ ނަންތައް ދިރާސާކުރުމަށް ރިޔާސަތުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވައިފައެވެ.

މީގެ އިތުރުން ރާއްޖޭގެ އަދަބީ އުފެއްދުންތަކާއި ފަންނީ އުފެއްދުންތަކަށް ބޭރު ގައުމުތަކުން ހިމާޔަތާއި ރައްކާތެރިކަން ހޯދައިދިނުމަށާއި، ރާއްޖޭން ބޭރުގެ އުފެއްދުންތަކަށް ރާއްޖޭގައި ހިމާޔަތާއި ރައްކާތެރިކަން ހޯދައިދިނުމަށްޓަކައި 'ބާން ކޮންވެންޝަން'ގައި ބައިވެރިވުމަށް މަޖިލީހުގެ ރުހުން ހޯދަން ވެސް ރައީސް ފޮނުއްވާފައިވެއެވެ.