ކުރިއަށް އޮތް ރޯދަމަހު މުދާ ވިއްކާ ފިހާރަތައް އަދި ކެފޭތަކާއި ކާބޯތަކެތި ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ވަގުތުތައް އިކޮނޮމިކް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.
އެ މިނިސްޓްރީން ބުނީ މިއަދު ކުރި ދެ އިއުލާނެެއްގައި އާންމުކުރި ގަޑިތައް ރޯދައިގެ އިތުރުން ހަ ރޯދަ ހިފާ، ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހަށް ދިގުދެމިގެންދާނެ ކަމަށެވެ. އެގޮތުން މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިއަކީ ފަތިހު 5:30 އިން މެންދަމު 1:00 އަށް ކަމަށް ވެއެވެ.
އަދި ކެފޭ އާއި ކެއިން ބުއިމުގެ ހިދުމަތްދޭ ތަންތަނާ ގުޅޭ އިއުލާނުގައި އިކޮނޮމިކް މިނިސްޓްރީން ބުނީ އެ ތަންތަން ހުޅުވާފައި ބެހެއްޓޭނީ ހަވީރު 5:30 އިން މެންދަމު 3:00 އާ ދެމެދުގައި ކަމަށެވެ. ހަމައެހެންމެ ހަ ރޯދައިގެ މުއްދަތުގައި ކެފޭތައް ހުޅުވޭނީ ފަތިހު 4:30 އިން މެންދަމު 3:00 އާ ހަމައަށް ކަމަށް ވެއެވެ.
އެހެން މަސް ތަކުގައި ކެފޭ ފަދަ ކާބޯތަކެތީގެ ތަކެތީގެ ހިދުމަތް ދޭ ތަންތަން ހުޅުވާފައި ބަހައްޓަން ސަރުކާރުން ހުއްދަ ދީފައި އޮންނަނީ ފަތިހުން ފެށިގެން ދަންވަރު އެކެއް ޖަންދެންނެވެ. އަދި ހުއްދަ ދީފައިވާ ފިހާރަތައް ފިޔަވައި އެހެން ފިހާރަތައް އާންމު އުސޫލުން ހުޅުވާފައި ބެހެއްޓޭނެ އެންމެ ލަސް ގަޑިއަކީ ރޭގަނޑު 11:00 އެވެ.
ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ރޯދަމަހުގެ ފުރަތަމަ ދުވަހަކީ އަންނަ މާޗް މަހުގެ ފުރަތަމަ ދުވަހެވެ.