މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓަށް ގިނަ ދުވަސްތަކެއްވަންދެން ހިދުމަތްކޮށްދެއްވި ހަސަން ޝަކީލް ނިޔާވެއްޖެއެވެ.

ޝަކީލް ނިޔާވި އިރު އުުރުރަކީ 64 އަހަރެވެ.

ޝަކީލް ވަނީ މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓަށް 40 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތްކޮށްދެއްވާފައެވެ. އޭނާ ނިޔާވިއިރު ހުންނެވީ މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓްގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލްގެ މަގާމުގައެވެ.

ޝަކީލް ނިޔާވުމާ ގުޅިގެން މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓްއިން ވަނީ ތައުޒިޔާ ކިޔާފައެވެ. މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓްއިން ވަނީ މެރިން ރިސާޗްގެ ދާއިރާއިން ޝަކީލް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާކަން ފާހަގަކޮށްފައެވެ.

އެގޮތުން އެ ދާއިރާއިން މީހުން ބިނާ ކުރުމަށާއި ދާއިރާގެ ކުރި އެރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާކަން މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓްއިން ވަނީ ފާހަގަކޮށްފައެވެ.