ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި އެމްޑީޕީގެ މެންބަރުން އިހްތިޖާޖުކުރަމުން ގެންދަވާތީ ރިޔާސަތުން އެ މެންބަރުންގެ ނަން އިއްވައި އެ މެންބަރުން ތަޅުން ދޫކުރައްވައި ނުކުންނަވަންދެން ޖަލްސާ މެދުކަނޑާލައިފިއެވެ.
މިއަދުގެ ޖަލްސާ ފަށައި ރައީސް ޑރ. މުހައްމަދު ރިޔާސީ ބަޔާން އިއްވަވަން ފެއްޓެވިތަނާ މާ އިރުތަކެއް ނުވެ، އެމްޑީޕީގެ މެންބަރުން ވަނީ ރައީސް ހުންނެވި ޕޯޑިއަމް ކައިރިއަށް ވަޑައިގެން އިހްތިޖާޖުކުރަން ފަށްޓަވައިފައެވެ.އެއާއެކު ތިން ފަހަރު ނަސޭހަތްތެރިވެވަޑައިގަތުމަށް ފަހު، އެމްޑީޕީގެ ބައެއް މެންބަރުންގެ ނަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިއްވެވިއެވެ. އެ މެންބަރުންނަކީ:- ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް- ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ- ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު- ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް- ކެޔޮދޫ ދާއިރާގެ މެންބަރު މުހައްމަދު ނިއުޝާދު- މަރަދޫ ދާއިރާގެ މެންބަރު އަހްމަދު ދީދީ- ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ސަމީރު- ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު- ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމްނަން އިއްވިނަމަވެސް މެންބަރުން ވަނީ ތަޅުމުން ނިކުތުުމަށް އެ މެންބަރުން ދެކޮޅު ހެއްދެވުމުން ރިޔާސަތުން ވަނީ ޖަލްސާ މެދުކަނޑާލައި، ނަން އިއްވި މެންބަރުން ނިކުތުމުން ޖަލްސާ އަލުން ކުރިޔަށް ގެންދަވާނެ ކަމަށް ވިދާޅުވެފައެވެ.