މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު ވަޖީހު އިބްރާހިމް ވަކިކޮށްފި އެވެ.
ޕްރައިވަޓައިޒޭޝަން ބޯޑުން ދެންމެ އެކްސްގައި ހިއްސާ ކުރި ޕޯސްޓެއްގައި ބުނީ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަޤާމުންނާއި ބޯޑު ޑިރެކްޓަރު ކަމުގެ މަޤާމުން ދަފްތަރު ނަންބަރު ރސ 4589، މުހައްމަދު ވަޖީހު އިބްރާހީމް މިއަދު ވަކިކޮށްފައިވާ ކަމަށެވެ. ނަމަވެސް އޭނާ ވަކި ކުރީ ކޮން ސަބަބަކާ ހުރެ ކަމެއް އެއ ބޯޑުން ހާމަކޮށްފައި ނުވާއިރު އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ވަޖީހު އައްޔަން ކުރީ ނޮވެމްބަރު 28، 2023 ގައެވެ.ވަޖީހަކީ 2013 އިން ފެށިގެން 2022 ވަނަ އަހަރާ ހަމައަށް އެމްޕީއެލްގެ އިސް މަގާމުތަކެއް ފުރުއްވި ބޭފުޅެކެވެ. އެމްޕީއެލްގެ ވަޒީފާ އަދާ ކުރެއްވުމުގެ ކުރިން އޭނާ އަކީ ރާއްޖޭގެ ގިނަ ސްކޫލުތަކެއްގެ ޕްރިންސިޕަލްކަމުގެ މަގާމު ފުރުއްވި ބޭފުޅެއްވެސް މެއެވެ.
ވަޖީހު ވަކިކުރި އިރު އޭނާގެ އާއިލާ އާއި ގުޅިފައިވާ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ދަރިކަލުން އަދި ޓޫރިޒަމް މިނިސްޓަރުވެސް މިދިޔަ ހަފްތާގައި ވަނީ ވަކި ކޮށްފައެވެ.