ސްނޯކްލިންއަށް ދިޔަ ރިސޯޓު މުވައްޒަފަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ރ. އަތޮޅުގައި ހިންގާ ރިސޯޓެއްގައި ހިނގި މި ހާދިސާ އާއި ގުޅިގެން ފުލުހުން ބުނީ، ގެއްލިގެން ހޯދަމުން ދަނީ އިންޑިއާއަށް ނިސްބަތްވާ އާފްތާބް ހާން (25އ.) ކަމަށެވެ.
އިއްޔެ މެންދުރުފަހު ގެއްލުނު އެ މީހާގެ މައްސަލަ ފުލުހަށް ރިޕޯޓު ކޮށްފައި ވަނީ މިއަދު ހަވީރު 4 ޖަހާއިރު ކަމަށް ވެސް އެ އިދާރާއިން މައުލޫމާތު ދެއެވެ.
އެ މީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް އިން ކުރަމުންދާއިރު އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މީގެ ކުރިންވެސް ރިސޯޓު ތަކުން މޫދަށް އެރި އުޅޭ ފަތުރުވެރިންނަށާއި މުވައްޒަފުންނަށް އެކި ހާދިސާތައް ދިމާވެފައިވާކަން ފާހަގަކޮށްލެވެއެވެ.