ސަފާރީއެއްގެ ޑެކު މަތިން މޫދަށް ވެއްޓުނު ދިވެއްސަކު ގެއްލިގެން ހޯދަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
ގެއްލިގެން ހޯދަނީ ނ. ހޮޅުދޫ / ސީވީޑް، އުމުރުން 35 އަހަރުގެ އަލީ އަރުޝާދު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި ހާދީސާއާ ގުޅިގެން ފުލުހުން ބުނީ އދ. ރިސޯޓެއްގެ ކައިރީ އޮތް ސަފާރީއެއްގައި އުޅުނު ދިވެއްސަކު ގެއްލިގެން މިއަދު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. ރޭގެ ވަގުތެއްގައި އެ މީހާ ސަފާރީގެ ޑެކް މަތީގައި ހުއްޓާ ވެއްޓި ޑެކްގެ އަރިމަތީ ޖެހި، މޫދަށް ވެއްޓިފައިވާ މަންޒަރު ސަފާރީގެ ސީސީޓީވީ ފުޓޭޖްއިން ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި ހާދިސާއާ ގުޅިގެން އެމްއެންޑީއެފްއިން ބުނީ މިރިހި އައިލެންޑް ރިސޯޓް ކައިރީގައި އޮތް "ނޯތު 07" ސަފާރީއިން ދިވެއްސަކު ކަނޑަށް ވެއްޓި ގެއްލިގެން އުޅޭކަމުގެ މައުލޫމާތު އެމްއާރުސީސީއަށް ލިބުމާ ގުޅިގެން، ޑައިވަރުންގެ ޓީމަކާއެކު ސަފާރީ އޮތް ސަރަހައްދަށް ދިއުމަށް މާލޭ އޭރިއާ ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ދަރުރުކުރަމުންދާ ކަމަށެވެ.
އެ މީހާ ހޯދުމަށްޓަކައި އެމްއެންޑީއެފް އަދި ޕޮލިސް ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.