މިހާރު ގްރޭޑް 8 އާއި 9 ގައި ކިޔަވަމުން އަންނަ ދަރިވަރުންގެ އޯ ލެވެލް އިމްތިހާނު އަންނަ އަހަރު ބާއްވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ސްކޫލުތަކަށް އަންގައިފިއެވެ.

އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް ޝަފީއު ސޮއި ކުރައްވައި އިއްޔެ ސްކޫލުތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނީ ދިރާސީ އަހަރަށް ގެނެވުނު ބަދަލާ ގުޅިގެން ސާނަވީ ނިންމާ އިމްތިހާނަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.

- މިހާރު ގްރޭޑް 9 ގައި ކިޔަވަމުން އަންނަ ކުދިންގެ އޯލެވެލް އިމްތިހާނު އޮންނާނީ އަންނަ އަހަރުގެ ފެބްރުއަރީ/ މާޗުގައެވެ.

- 8 ގައި ކިޔަވަމުން އަންނަ ދަރިވަރުންގެ އޯލެވެލް އިމްތިހާނު އޮންނާނީ އަންނަ އަހަރުގެ އޮކްޓޯބަރު/ ނޮވެމްބަރުގައެވެ.

- ގްރޭޑް 10 ގައި ކިޔަވަމުން އަންނަ ދަރިވަރުންގެ އޯ ލެވެލް އިމްތިހާނަށް ބަދަލު ގެނެސްފައި ނުވާއިރު މި އިމްތިހާން އޮންނާނީ މެއި/ ޖޫންގައެވެ.

މީގެ އިތުރުން މިނިސްޓްރީން ވަނީ އަންނަ އަހަރުގެ ދިރާސީ އަހަރުން ފެށިގެން އޯލެވެލް އިމްތިހާނުތައް ކޮންމެ އަހަރެއްގެ ވެސް އޮކްޓޯބަރު/ ނޮވެމްބަރުގައި ބާއްވާނެކަމަށް ބުނެފައެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމަށް ފަހު ދިރާސީ އާ އަހަރަށް ވަނީ އެކި ފަހަރު މަތިން ބަދަލު ގެނެސްފައެވެ.