ބޭންކް އޮފް މޯލްޑިސްގެ ސްޕޯޓްސް ސްކޮލާޝިޕް މި އަހަރު ލިބޭ އެތުލީޓު ހޮވައިފިއެވެ.

މި އަހަރުގެ ބީއެމްއެލްގެ ސްޕޯޓްސް ސްކޮލަޝިޕްއަށް ހޮވިފައި ވަނީ އާއިޝަތު ހިމްނާ ހަސަންއެވެ.

ބީއެމްއެލްގެ މި ސްކޮލާޝިޕްގެ ދަށުން ސްޕްރިންޓެކް ޓްރެކް ކްލަބް، ޖެމޭކާގައި 1 އަހަރު ދުވަހުގެ މުއްދަތަށް އެތްލެޓިކްސްއިން ޓްރެއިންވުމުގެ ފުރުސަތު ހިމްނާއަށް ލިބިގެންދާނެއެެވެ.

ބީއެމްއެލް ސްޕޯޓްސް ސްކޮލާޝިޕަކީ އެތުލީޓުންގެ ހުނަރު ކުރިއަރުވައި ފުރިހަމަ ކާމިޔާބީއަކަށް ވާސިލުވުމަށް އެހީތެރިވުމުގެ ގޮތުން ހުރިހާ ހަރަދަކާއެކު ރާއްޖޭން ބޭރުގެ ހައި ޕާފޯމަންސް ޓްރެއިނިން ސެންޓަރުތަކުން ތަމްރީނު ހޯދުމަށް ފުރުސަތު ފަހިކޮށްދޭ ސްކޮލާޝިޕެކެވެ

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އާ ގުޅިގެން ހިންގާ މި ސްކޮލާޝިޕް އަށް އެތުލީޓު ހޮވާފައި ވަނީ އެމްއޯސީއިން ކަން ބީއެމްއެލްއިން ވަނީ ފާހަގަކޮށްފައެވެ.