މާލޭގެ އަލިކިލޭގެފާނު މަގުގައި ސައިކަލު ދުއްވާފައި ދިޔަ އަންހެނެއްގެ ކަރުގައި އޮތް ފަށް ޖަހައިގަތް ހައްޔަރުކުރި މީހާ ހަތް ދުވަހަށް ބަންދުކުރަން ކޯޓުން އަމުރު ކޮށްފިއެވެ.
މި މައްސަލައިގައި އިއްޔެ ހައްޔަރުކުރީ ހަސަން އިސާމް، ފިޔަބަރި / ވިލިމާލެ (30އ) އެވެ.
މީޑިއާ އާ ހިއްސާކުރި މެސެޖެއްގައި ފުލުހުން ބުނީ، އިސާމްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން ހަތް ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަ ގޮތުގައި:
- ސައިކަލުގައި ދިޔަ އަންހެން މީހާގެ ކަރުގައި އޮތް ފަށް ޖަހައިގަތީ އިސާމް ފަހަތުން އައިސް
- އިސާމް ވަނީ އަންހެން މީހާގެ އަތް ދަބަސް ޖަހައިގަންނަން މަސައްކަތްކޮށްފައި
- އިސާމްގެ ކިބައިން ސަލާމަތް ވާން އަންހެން މީހާ ޕޭވްމަންޓާ ދިމާލަށް ދުއްވައިގަތް
- އެ ސަރަހައްދަށް މީހުން އެއްވާން ފެށުމުން އިސާމް ވަނީ ފިލައިފަ
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ބަލައި ތަހްގީގުކުރަމުންނެވެ.
މާދަމާ ދޫކޮށްލާނެ