ބީއެމްއެލުން 'ސްޓާފް ޗެރިޓީ ރަން' ބާއްވައި، ޑައިބެޓީސް އެސޯސިއޭޝަނަށް ބައިލައްކަ ރުފިޔާ ހަދިޔާ ކޮށްފިއެވެ.

ބީއެމްއެލުން ޑައިބެޓީސް އެސޯސިއޭޝަނަށް ބައިލައްކަ ރުފިޔާ ހަދިޔާކުރީ ހުޅުމާލޭގައި މިއަދު ހެނދުނު ބޭއްވި ޗެރިޓީ ރަން ނިންމާލުމަށް ފަހުގައެވެ.

2017 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ބީއެމްއެލުން ބާއްވާ ޗެރިޓީ ރަންގައި ބޭންކުގެ އެކި ބްރާންޗްތަކުގައި މަސައްކަތްކުރާ 300 އަށް ވުރެ ގިނަ މުވައްޒަފުން ބައިވެރިވިކަމަށް، އެ ބޭންކުން ބުންޏެވެ.

ބީއެމްއެލް 'ސްޓާފް ޗެރިޓީ ރަން' ބާއްވަނީ މުޖުތަމައަށް ފައިދާހުރި މަސައްކަތްތައް ކުރާ ޖަމިއްޔާ ޖަމާއަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގްސަދުގައި ކަމަށް، ބީއެމްއެލުން މައުލޫމާތު ދެއެވެ.