މެލޭޝިއާގެ މޯސް ގްރޫޕުން އިންތިޒާމުކޮށްގެން ދޭ އޭޝިއާގެ ކޯޕަރޭޓް އެކްސެލެންސް އެންޑް ސަސްޓެއިނަބިލިޓީ އެވޯޑްސް 2024 ގެ "މޯސްޓް އިންސްޕަޔަރިން އެގްޒެކެޓިވްސް އެވޯޑު" ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީއަށް ލިބިއްޖެއެވެ.
ސްޓެލްކޯގެ އެމްޑީ ހުސައިން ފަހުމީ ވަނީ އެ ކުންފުނީގެ މިޝަން ކުރިއަށް ގެންދިއުމަށް މުޅި ކެރިއާ ސްޓޭލްކޯއާއެކު ހޭދަކުރައްވާފައެވެ. 1998 ވަނަ އަހަރު އެ ކުންފުންޏާ ގުޅިވަޑައިގަތުމަށްފަހު ފަހުމީ ވަނީ އެކައުންޓް އެސިސްޓެންޓް ޓްރެއިނީއެއްގެ ގޮތުގައި މަސައްކަތް ފައްޓަވައި، ވިޔަފާރީގެ ކުރިއެރުމާއި، ޕްރޮކިއުމަންޓް އަދި ކަސްޓަމަރުންގެ ހިދުމަތުގައި މުހިންމު ދައުރެއް އަދާކުރައްވާފައެވެ. އެގޮތުން ހަކަތައިގެ ދާއިރާގައި ފަހުމީ ވަނީ 26 އަހަރު ހިދުމަތް ކުރައްވާފައެވެ.
ފަހުމީގެ ތައުލީމީ ކާމިޔާބީތަކަށް ބަލާއިރު، ދެ މާސްޓާސް ޑިގްރީ އެއް ވަނީ ހާސިލްކުރައްވާފައެވެ. އެއީ ޔުނިވާސިޓީ އޮފް އެބާޑީން އިން އެކައުންޓެންސީ އަދި ޔުނިވާސިޓީ އޮފް އީސްޓް ލަންޑަނުން ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ޑިގްރީއެވެ.
ހުސެއިން ފަހުމީއަށް މި އެވޯޑް ލިބިފައިވާ އިރު، ސްޓެލްކޯއަށް ވަނީ އޭޝިއަން ކޯޕަރޭޓް އެކްސަލެންސް އެންޑް ސަސްޓެއިނަބިލިޓީ އެވޯޑް ލިބިފައެވެ.