ގުޅީފަޅު ކައިރިން ދެ ލޯންޗެއް ޖެހި އެކްސިޑެންޓެއް ހިނގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ، މި އެކްސިޑެންޓްގެ ރިޕޯޓް ލިބިފައި ވަނީ މިރޭ 7:34 ހާއިރު ކަމަށެވެ.

ކަނޑުމަތީގައި ހިނގި މި ހާދިސާގައި ހަތަރު މީހަކަށް އަނިޔާވެފައިވާ ކަމަށާއި އަދި އެމީހުން މިހާރު ވަނީ މާލެއަށް ގެނެސްފައި ކަމަށް ފުލުހުން ބުނެއެވެ. އެމީހުނަށް ފަރުވާ ދިނުމަށް ވަނީ އައިޖީއެމްއެޗް އަށް ގެންގޮސްފައި ކަމަށް ވެސް ފުލުހުން ބުނެއެވެ.

ނަމަވެސް އެމީހުންނަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.