އުރީދޫ މޯލްޑިވްސްގެ އަގުހުރި ވިޔަފާރީގެ ބައިވެރިންގެ އަގު ވަޒަންކޮށް ފާހަގަ ކުރުމުގެ ގޮތުން ބިޒްނަސް ޕާޓްނާ އެވޯޑާއި ގާލާ ނައިޓެއް ބާއްވައިފިއެވެ.

މި އެވޯޑު ގާލާ ނައިޓް ބާއްވާފައި ވަނީ އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހުއެވެ. އެ ހާއްސަ ހަފުލާގައި އެކި ކެޓަގަރީތަކުގެ ޕާޓްނަރުންގެ އަގު ވަޒަންކޮށް، އިނޮވޭޝަނާއި ކަސްޓަމަރުންގެ ހިތް ހަމަޖެހުމާއި ވިޔަފާރީގެ ކުރިއެރުމަށް މުހިންމު ދައުރެއް އަދާ ކުރަމުންދާ ޕާޓްނަރުން ވަނީ ފާހަގަކޮށްފައެވެ.

ލޯންގް ސާވިސް ޕާޓްނަރުން، ނުވަތަ އުރީދޫއާއެކު އެންމެ ގިނަ ދުވަހު މަސައްކަތް ކޮށްފައިވާ އުރީދޫގެ ބިޒްނަސް ޕާޓްނަރުންނަށް ހަނދާނީ ލިޔުން ހަވާލުކޮށްފައި ވެއެވެ. މި ޕާޓްނަރުންގެ ސަބަބުން އުރީދޫގެ ކާމިޔާބީއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ކަސްޓަމަރުންނަށް ހިދުމަތްދިނުމަށް މަގުފަހިވެގެން ދިޔަ ކަމަށް އެ ކުންފުނިން ބުނެއެވެ.

މީގެ އިތުރުން ކްލަބް ޕްރިމިއާގެ ޓޮޕް ޕާޓްނަރުންނާއި ޓޫރިސްޓް ޕާޓްނަރުން ފަދަ ގިނަ ގޮތްގޮތުން އުރީދޫއާއެކު މަސައްކަތް ކޮށްފައިވާ ޕާޓްނަރުންގެ އަގު ވެސް އުރީދޫން ވަނީ ފާހަގަކޮށްފައެވެ.

ގާލާ ނައިޓުގެ އެންމެ މަތީ ފަންތީގެ، ބެސްޓް ބިޒްނަސް ޕާޓްނަރުގެ އެވޯޑް ދީފައިވަނީސޭލްސް އެންޑް ސާވިސް އިން ފެށިގެން އިނޮވޭޝަން އަދި ކަސްޓަމަރުންގެތަޖުރިބާއާ ހަމައަށް ހުރިހާ ދާއިރާއަކުން ވެސް އެންމެ ފާހަގަކޮށްލެވޭ ޕާޓްނަރަށެވެ. މިޕާޓްނަރަކީ އުރީދޫގެ އަސާސްތަކާއި މިޝަންގެ ނަމޫނާ ދައްކައި، އެއްބަޔަކު އަނެއްބަޔަކަށް ކާމިޔާބީ ހޯދައިދިނުމުގައި ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައިވާޕާޓްނަރެއް ކަމަށް އުރީދޫއިން ބުނެއެވެ.

އުރީދޫން ޕާޓްނަރުންގެ އަގުވަޒަންކޮށް އެވޯޑު ދިނުމަށް ބޭއްވި ގާލާ ނައިޓުގެ ތެރެއިން / ފޮޓޯ: އުރީދޫ

އެ ހަފްލާގައި ވާހަކަ ދައްކަވަމުން އުރީދޫ މޯލްޑިވްސްގެ ސީއީއޯ ހާލިދު އަލް ހަމާދީ ވަނީހުރިހާ ޕާޓްނަރުން ގުޅިގެން ކުރާ މަސައްކަތަށް ތައުރީފު ކުރައްވާފައެވެ. "ތިޔަބޭފުޅުންގެ ވައުދުގެ ސަބަބުން، ދުނިޔޭގެ ފެންވަރުގެ ޚިދްމަތްތައް ދިވެހި ރައްޔިތުންނަށް ފޯރުކޮށްދީ، އިނޮވޭޓްކޮށް، ކުރިއެރުމަށް މަގުފަހިވެގެންދާނެ." ހާލިދު ވިދާޅުވިއެވެ.

މުނިފޫހިފިލުވުމާއި ނެޓްވޯކިންއާ އެކު ގާލާ ނައިޓް ނިމިގެން ދިޔައީ ކުރިއަށް އޮތް އަހަރުތަކުގައި ވެސް ދެމެހެއްޓެނިވި ކާމިޔާބީއާއި ވަރުގަދަ ޕާޓްނާޝިޕްތަކަށް މަގު ފަހިކޮށްދީގެންނެވެ. އުރީދޫއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިނޮވޭޝަން އަދި ސާވިސް އެކްސެލެންސްގެ ރޮނގުތައް ހަރުދަނާކުރުމަށް ޕާޓްނަރުންނާ ގުޅިގެން މަސައްކަތްކުރަމުންދާ ކުންފުންޏެއްކަން ފާހަގަކޮށްލެވެއެވެ.