މާދަމާ ފާހަގަކުރާ ބައިނަލްއަގުވާމީ ނަފްސާނީ ދުޅަހެޔޮ ކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ނޯހަބް އިން ހިދުމަތް ހޯދާ ފަރާތްތަކަށް ހާއްސަ ޑިސްކައުންޓަތަކެއް ދޭން ނިންމައިފިއެވެ.
ނޯހަބް އިން ބުނީ، މާދަމާ އެ ސެންޓަރުން ފޯރުކޮށްދޭ ހުރިހާ ކޮންސަލްޓޭޝަންތަކާ އެސެސްމެންޓްތަކުން 25 ޕަސެންޓްގެ ޑިސްކައުންޓެއް ލިބޭނެ ކަަމަށެވެ.
ނޯހަބް އަކީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނާއި އެ ކުދިންގެ ބެލެނިވެރިންނާއި, ނަފްސާނީ އެހީ ބޭނުންވާ ހުރިހާ އުމުރުފުރާއެއްގެ ކުދިންނާއި މީހުންނަށް ހިދުމަތްދޭ ސެންޓަރެކެވެ. އެތަނުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރޭގައި ސައިކޮލޮޖިކަލް އެސެސްމެންޓް, ސައިކޮލޮޖިކަލް ކޮންސަލްޓޭޝަން, ސައިކޯ ތެރެޕީގެ އިތުރުން ކައުންސިލިން ހިމެނެއެވެ.
ހަމައެއާއެކު ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ފޯރުކޮށްދޭ އެކި ކަހަލަ ތެރެޕީތަކާއި ސްޕެޝަލް އެޑިއުކޭޝަންގެ ހިދުމަތްތައް ވެސް އެ ސެންޓަރުން ފޯރުކޮށް ދެއެވެ. ތެރެޕީތަކުގެ ތެރޭގައި އޮކިއުޕޭޝަނަލް ތެރަޕީ, ސްޕީޗް ތެރަޕީ, ބިހޭވިޔަރަލް ތެރަޕީ އަދި އޭބީއޭ ތެރެޕީ ހިމެނެއެވެ.
މީގެ އިތުރުން ނޯހަބުން ފޯރުކޮށްދޭ ސްޕެޝަލް އެޑިއުކޭޝަން ކްލާސްތަކުގެ ތެރޭގައި އިންޑިވިޖުއަލައިޒްޑް އެޑިޔުކޭޝަން ޕްރޮގްރާމް, ލާނިން ސަޕޯޓް ޕްރޮގްރާމް އަދި ޕްލޭ ކްލަބް ހިމެނެއެވެ. އިންޑިވިޖުއަލައިޒްޑް އެޑިއުކޭޝަން ޕްރޮގްރާމް އަދި ލާނިން ސަޕޯޓް ޕްރޮގްރާމަކީ ކިޔެވުމުގައި ދަތިތަކާ ކުރިމަތިވާ ކުދިންނަށާއި މެއިން ސްޓްރީމް ސްކޫލްތަކަށް ކުދިން ރެޑީ ކުރުމަށް ހިންގާ ޕްރޮގްރާމް ތަކެއް ކަަމަށް ނޯހަބުން ބުނެއެވެ.
ނޯހަބުން ބުނީ، އެސެންޓަރުގައި ފަރު ދެއްވާ ތެރަޕިސްޓުންނާއި ޓީޗަރުންނަކީ އެ ދާއިރާއިން ފުންނާބު އުސް ތަޖުރިބާ ލިބިފައިވާ ބޭފުޅުން ކަމަށެވެ.
ނޯހަބް ހުޅުވިފައި ހުންނާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 8:00 އިން ހަވީރު 5:00 އަށެވެ. މިތަން ހުންނަނީ އަލިކިލެގެފާނު މަގު, ނަލަހިޔާ ބިލްޑިން 3 ވަނަ ފަންގިފިލާގައެވެ.